ޚަބަރު

އަނބިމީހާގެ ބަނޑަށް ވަޅި ހެރި ފިރިމީހާގެ މައްޗަށް ދައުވާކޮށްފި

ޚާޝީޔާ މުޙައްމަދު ، ދެން އޮންލައިން
ށ. ފޭދޫ / ފޮޓޯ މީސްމީޑިއާ

ށ. ފޭދޫގައި އަނބިމީހާގެ ގަޔަށް ވަޅި ހެރި ށ. ފޭދޫ، ރޭޑިއަމްގެ އާދަމްގެ މައްޗަށް ދައުވާކޮށްފިއެވެ.

Ads by STELCO

މިދިޔަ މަހުގެ ތިންވަނަ ދުވަހު، އެ ހާދިސާ ރިޕޯޓްކުރީ ރޭ 9:30ކަންހައި އިރު ކަމަށާއި ވަޅިން ހަމަލާދިން މީހާއަކީ 37 އަހަރުގެ މީހެއް ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ އާދަމްގެ މައްޗަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ ވަނީ އުފުލައިފައިވާ ކަމަށެވެ. 

މި މައްސަލައިގައި ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދަޢުވާ 30 ޖޫން 2022 ދުވަހު ށ. ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން މިއަދު ބުނެފައިވެއެވެ.

މި ހާދިސާގައި އާދަމްގެ އަނބިމީހާއަށް މާ ސީރިއަސް ޒަހަމްތަކެއް ނުލިބުނު ނަމަވެސް، އެ ރަށު ސިއްހީ މަރުކަޒުން އޭނާއަށް ފަރުވާ ހޯދައިފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!