ޚަބަރު

މިއީ އިމްތިހާނެއް، ކެތްކުރާނަން: ނަޝީދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިއީ އިމްތިހާނެއް ކަމަށާއި، ޝުކުރުވެރިވެ ކެތްކުރައްވާނެކަމަށް ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވެއްޖެއެވެ.

Ads by STELCO

ކާނަލް އެގޮތަށް ވިދާޅުވީ، މަޝްހޫރު ބައެއް ވިޔަފާރިވެރިންނާއި ސިޔާސީ ބާރުގަދަ މީހުން އެއް ޖިންސުން ގުޅުން ހިންގަން ދިޔަ ކަމަށް ބުނާ ކޮޓަރިއަށް އޭނާ ދިޔަ ވީޑީއޯއެއް މީސްމީޑިއާގައި އާއްމުވުމާ ގުޅިގެންނެވެ.

މިިދިޔަ މަހުގެ 27ވަނަ ދުވަހު ފުރަތަމަ އާންމުވީ ނަޝީދުގެ ފޮޓޯއެކެވެ. އޭރު އޭނާ ވިދާޅުވީ، އެއް ޖިންސުން ގުޅުން ނުހިންގާ ކަމަށެވެ. އަދި އެތަނަށް ދިޔައީ ވިޔަފާރީގެ ބައްދަލުވުމަކަށް ކަމަށެވެ. އެއަށް ފަހު އިއްޔެ ވަނީ އެއްޖިންސުން ގުޅުން ހިންގާ ބަނގްލަދޭޝް ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރިއާ އެކު، ނަޝީދު ހުންނެވި ވީޑިއޯއެއް އާއްމުވެފައެވެ.

ނަޝީދުގެ ވީޑިއޯއެއް އިއްޔެ އާންމުވުމާ ގުޅިގެން އޭނާ ވިދާޅުވީ މާތްﷲ އިރާދަކުރެއްވި މީހަކު މަތިވެރިކުރައްވާ އިއްޒަތްތެރި ކުރައްވާ ކަމަށެވެ. އެކަލާނގެ އިރާދަކުރެއްވި މީހަކު ނިކަމެތި ކުރައްވާ ކަމަށާއި އެކަލާނގެ އެއީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެ ކަމަށެވެ.

"އިއްޔެ އެކަލާނގެ މި އަޅާއަށް ޢިއްޒަތްތެރިކަމާއި އިލްމާއި މުދާ ދެއްވިއެވެ. މިއަދު އެ ގެންދެވީމާ ވެސް އެކަމަށް ޝުކުރުކޮށް ކެތްކުރާނަމެވެ." ނަޝީދު ވިދާޅުވެފައިވެއެވެ.

Ads by HDC
  1. ސަނީ

    ބަރަހަނާއެއްނުވޭ ކުޅުނީ އަލަންގިރި! އިރާދަކުރެއްވިޔާ އޮރިޔާން ޕޮޓޯއެއްނުހުންނާނެތާ އެގަވަތު ބޮކިނިއްވާލީމަ!

  2. ސަބަބު

    މިއީ ތައުބާވާންވީ ވަގުތު މުޅި އުޅުން ބަދަލުކުރަންވީ ވަގުތު
    އިންސާނާ ދުނިޔެއަށް ފޮނުވުނު މަގުސަދު ދެނެގަންނަންވަގުތު.

  3. ހެހެހހެެ

    ލަދެއް ހަޔާތެއްގެ ކަންފުޅެއްވެސް ނެތޭދޯ. ރައްޔިތުން ނިކުމެ މިމީހުން ސައިޒުކުރަން ވެއްޖެނޫން