މުނިފޫހިފިލުވުން

ޕުޝްޕާއިން މަގުބޫލުކަން ހޯދި ސަމަންތާ ބޮލީވުޑަށް

ޚާޝީޔާ މުޙައްމަދު ، ދެން އޮންލައިން

ތެލުގޫ ފިލްމު "ޕުޝްޕާ"އިން މަގުބޫލުކަން ހޯދި، ސަމަންތާ ރުތް ޕްރަބޫ ބޮލީވުޑު ފިލްމެއް ކުޅެން ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ސަމަންތާ ވަނީ ޕުޝްޕާ ފިލްމުގައި ބެލުންތެރިންގެ އެންމެ މަގުބޫލުކަން ހޯދި، "އޯ އަންތަވާ" ލަވަ ކުޅެ، ބެލުންތެރިންގެ ލޯބި ހޯދައިފައެވެ.

އެންމެ ފަހުގެ ރިޕޯޓުތައް ބުނާ ގޮތުގައި ސަމަންތާގެ ފުރަތަމަ ބޮލީވުޑު ފިލްމު ފެނިގެންދާނީ އަޔުޝްމަން ކުރާނާއާއެކުގައެވެ. ޑިނޭޝް ވިޖަން ޕްރޮޑިއުސްކުރާ މި ފިލްމަކީ މަޖާ އަދި ޑްރާމާ އެކުލެވޭނެ ފިލްމެކެވެ. މިހައިތަނަށް ފިލްމު ޑައިރެކްޓު ކުރަނީ ކާކުކަން ހާމަކޮށްފައެއް އަދި ނުވެއެވެ.

މިވަގުތު މަނޯޖް ބަޖްޕާއިއާ އެކު "ފެމެލީ މޭން2"ގައި މަސައްކަތް ކުރަމުންދާ ސަމަންތާއަކީ ޓެމިލް އަދި ޓެގްލޫ ފިލްމްތަކުން ފެންނަ މަޝްހޫރު ފަންނާނެކެވެ. ކާމިޔާބު ސީރީޒް "ފެމެލީ މޭން2"ގައި ދެން ފެނިގެންދާ ތަރިންގެ ތެރޭގައި ޝާރިބް ހަޝްމީ އަދި ޕްރިޔަމަނީ ހިމެނެއެވެ.

ބޮލީވުޑްގެ ފިލްމެއް އަދި ނުކުޅުނު ކަމުގައި ވިޔަސް އުމުރުން 34 އަހަރުގެ ސަމަންތާ ވަނީ ކާމިޔާބު ފިލްމުތަކެއް ކުޅެފައެވެ. މީގެ ތެރޭގައި "ޖާނޫ" "24" "އޯ ބޭބީ" އަދި "މަޖިލީ" ފަދަ އެތައް ފިލްމެއް ހިމެނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!