ޚަބަރު

ރާމިޒް އަދިވެސް ނުފެނޭ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ނ. ހެނބަދޫއިން ގެއްލިގެން ހޯދާ މީހާ އަދިވެސް ނުފެންނަ ކަމަށާއި، އޭނާ ހޯދުމުގެ މަސައްކަތް އިތުރަށް ފުޅާ ކޮށްފައިވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އެމްއެންޑީއެފްއިން ރޭ ކުރި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، ނ.ހެނބަދޫން ރޭ މީހަކު ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު ލިބިގެން އެ މީހާ ހޯދުމުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ފުލުހުންނާ ގުޅިގެން އަދިވެސް މަސައްކަތް ކުރަމުންދާ ކަމުގައެވެ.

މިގޮތުން، ގެއްލުނު މީހާ ހޯދުމަށް ނ.ހެނބަދޫއާއި ކެނދިކުޅުދޫ، އަދި ކައިރީގައިވާ ރަށްތަކުގެ ގޮނޑުދޮށްތަކާއި ކަނޑުގެ ސަރަހައްދު އިއްޔެގެ ހެނދުނު ކޯސްޓްގާޑުގެ ސިފައިން ބަލައިފައިވާ އިރު، އެމްއެންޑީއެފް ޑޯނިއަރ މަތިންދާބޯޓުގައި ވައިގެމަގުން އެ ހިސާބުގެ ކަނޑުގެ ސަރަހައްދު ވެސް ބަލައިފައިވާކަމަށް ވެސް އެމްއެމްޑީއެފްއިން ރޭ ވިދާޅުވެފައި ވެއެވެ.

ފުލުހުން މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، އުމުރުން 28 އަހަރުގެ އިބްރާހީމް ރާމިޒް އެންމެ ފަހުން ފެނިފައި ވަނީ މިމަހުގެ 7ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. ފެނުނުއިރު ލައިގެން ހުރީ އަޅިކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ސޯޓެކެވެ. އަދި އެ ދުވަހު ވަގުތެއްގައި އޭނާ ކެނޯއެއްގައި އެކަނި ކަނޑުމައްޗަށް ނުކުތީކަމަށް ބެލެވޭކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައި ވެއެވެ.

އިބްރާހީމް ރާމިޒް ފެނިއްޖެ ނަމަ ނުވަތަ އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ކެނދިކުޅުދޫ ޕޮލިސް ސްޓޭޝަންގެ 9311499އަށް ގުޅުއްވައި މައުލޫމާތު ހިއްސާކޮށްދެއްވުމަށް ވެސް ފުލުހުން އެދިފައި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!