މުނިފޫހިފިލުވުން

ބިޔޯންސޭގެ އަނެއްކާ ވެސް ރެކޯޑެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

20 ސިންގަލްސް ގަދަ 10ގައި ހިމެނުނު ފުރަތަމަ އަންހެން ސޯލޯ އާޓިސްޓުގެ ލަގަބާ އެކު ގްރެމީ އެވޯޑު އުފުލައިލައިފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭ ތާރީޚުގައި ލިޔެވިއްޖެއެވެ.

Ads by Hajj Corporation

މި ރެކޯޑު މުގުރައިލީ އޭނާގެ އެންމެ ފަހުގެ ސިންގަލް "ބްރޭކް މައި ސޯލް" ބިލަބޯޑުގެ އެންމެ މަގުބޫލު 100 ގެ ޗާޓުގެ 7ވަނައިގައި ހިމެނިގެންނެވެ. އަޑު އިވުނީމައި ނަށާލާ ހިތްވާ ކަހަލަ މި ލަވަޔަކީ މިމަހު 29ގައި ރިލީޒްކުރަން ނިންމާފައިވާ ބިޔޯންސޭގެ އެންމެ ފަހުގެ އަދި 7 ވަނަ އަލްބަމް "ރެނެސަންސް"ގެ ލީޑް ސިންގަލްއެވެ.

"ބްރޭކް މައި ސޯލް"ގެ ކުރިން ބިޔޯންސޭގެ އެންމެ ފަހުގެ ހިޓް ލަވަޔަކީ "ސެވޭޖް" އެވެ.

މީގެ ކުރިން މި ރެކޯޑުއޮތް ހަމައެކަނި ދެ މިޔުޒީޝަނުންނަކީ ޕޯލް މެކްކާޓްނީއާއި މައިކަލް ޖެކްސަންއެވެ. މެކްކާޓްނީގެ 34 ހިޓް ލަވަ ގަދަ 10ގައި ހިމެނުނުއިރު މައިކަލް ޖެކްސަންގެ 30ލަވަ ވަނީ ގަދަ 10 ގައި ހިމެނިފައެވެ.

އުމުރުން 40 އަހަރުގެ އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭ އެންމެ ފަހުން ރިލީޒްކުރި އަލްބަމަކީ 2016ވަނަ އަހަރު ނެރުނު "ލެމަނޭޑް" އެވެ. އައު އަލްބަމެއް ނެރެން މިހައި ގިނަ ދުވަސްވީ ކޮވިޑުގެ ބަލިމަޑުކަމާ ހެދި ކަމަށް ބިޔޯންސޭ ކުރިން ބުނެފައިވެއެވެ.

"ލެމަނޭޑް"ވަނީ 2017 އަހަރު ބޭއްވި ބްލެކް އެންޓަޓެއިންމެންޓް އެވޯޑަށް ނޮމިނޭޓް ވެސް ވެފައެވެ. މި އަލްބަމަކީ ބިޔޯންސޭގެ ކެރިއަރުގައި ވެސް އެންމެ ތަޢުރީފް ލިބުނު އަލްބަމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!