Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ނިމިދިޔަ ހަފްތާގައި 700އަށް ވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެއްޖެ

ނިމިދިޔަ ހަފްތާގައި 700އަށް ވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެއްޖެ

ނިމިދިޔަ ހަފްތާ ތެރޭގައި ރާއްޖެއިން 700އަށް ވުރެ ގިނަ މީހުން ކޮވިޑް-19އަށް ފައްސި ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ރިޕޯޓު ކޮށްފިއެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ކޮވިޑް-19ގެ އެންމެ ފަހުގެ އަދާހަމައިގައި ބުނެފައި ވަނީ މިހިނގާ ޖުލައި މަހުގެ 3އިން 9އާ ހަމައަށް ރާއްޖެއިން ކޮވިޑް-19އަށް ފައްސިވެފައި ވަނީ 771 މީހުން ކަމަށެވެ.

އެއީ މާލެ ސަރަހައްދުން 192 މީހުން ކަމަށާއި އަތޮޅުތެރެއިން 304 މީހުންގެ އިތުރުން އެހެނިހެން ސަަހައްދުތަކުން 275 މީހުންނެވެ.

Advertisement
Ooredoo — Square (box)

މިއަދަދަށް ފަހު ރާއްޖެއިން ކޮވިޑް-19އަށް ފައްސިވެފައިވާ މީހުންގެ ޖުމްލަ އަދަދު މިވަނީ 183،491އަށް އަރައިފައެވެ.

ރާއްޖެއިން މިހާރު މި ބަލީގައި ނިޔާވެފައިވާ މީހުންގެ ޖުމްލަ އަދަދަކީ 307 މީހުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް