ދުނިޔެ

ލަންކާގައި ކުއްލި ހާލަތު އިއުލާނު ކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސްރީ ލަންކާގެ ރައީސް ގޮޓާބަޔަ ރާޖަޕަކްސަ ސިރުން ރޭ ދަންވަރު ރާއްޖެ ވަޑައިގަތުމާއެކު، އެ ގައުމުގައި މިއަދު ކުއްލި ހާލަތު އިއުލާނުކޮށްފިއެވެ.

Ads by Sosun Fihaara

ލަންކާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ވަގުތު ލަންކާގެ ގައުމުގެ ވަގުތީ ރައީސަކީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ކަމަށާއި މުޅި ލަންކާގައި މިހާރު ކުއްލި ހާލަތު އިއުލާނު ކޮށްފައިވާ ކަމަށެވެ.

ރާޖަޕަކްސަ ރާއްޖެއަށް ވަޑައިގެންފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އެއާއެކު، ހަމަނުޖެހުން ބޮޑުވެފައިވާ ލަންކާގައި އިތުރު ހަމަނުޖެހުންތައް ގިނަ ވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

މިއަދު ގޮޓަބަޔާ އިސްތިއުފާ ދެއްވާނެ ކަމަށް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އެކަމަކު އަދި އިސްތިއުފާގެ ސިޓީފުޅެއް ނުލިބޭ ކަމަށް ބޮޑުވަޒީރުގެ އޮފީހުން ހާމަކުރެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!