ދީނުގެ ތަރަހައިގެތެރޭގައި ކުޅިވަރު ކުޅެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަށް ސަލަފުން ގޮވާލައިފި
އިސްލާމްދީނުގެ ތަރަހައިގެތެރޭގައި އުފާ ފާޅުކޮށް ކުޅިވަރު ކުޅެވޭނެ މާހައުލެއް ރައްޔިތުންނަށް ގާއިމުކޮށްދިނުމަށް ޖަމްޢިއްޔަތުއްސަލަފުން ސަރުކާރަށް ގޮވާލައިފިއެވެ.
މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކ.މާފުށީގައި ބާއްވަން ހަމަޖެހިފައިވާ ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕާ ގުޅިގެން ސަލަފުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި އިސްލާމީ މުޖުތަމަޢުގައި ކުޅިވަރުގެ ނަމުގައި ފިރިހެނުންނާއި އަންހެނުންގެ އައުރައިގެ ގޮތުގައި އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ މިންތަކާ ޚިލާފަށް އައުރަ ކަޝްފުވެ އިސްތިހާރުވާފަދަ ކުޅިވަރުތައް ކަމާބެހޭ އިދާރާތަކުން ރާވާ ހިންގާކަމީ ހިތާމަހުރި ކަމެއް ކަމަށެވެ.
އެ ގޮތުން މާފުށީގައި ބާއްވަން ހަމަޖެހިފައިވާ ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕުގައި އިސްލާމީ އުސޫލުތަކާއި އިސްލާމީ އަޚްލާގާއި އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފުވާ މުންކަރާތްތައް ހިމެނޭކަމީ ހިތާމަޔާ ކަންބޮޑުވުން ހުރިކަމެއް ކަމަށް ސަލަފުން ބުންޏެވެ. އަދި އައުރަ ކަޝްފުވާ ގޮތަށް ޅަދަރިންނާއި މައިންގެ ކުރިމަތީ މިފަދަ ކަންކަން ކުރުމަކީ ދިވެހިންގެ ސަގާފަތާއި އާދަކާދައާ ފުށޫއަރާކަމެއް ކަމަށް ވެސް ބުންޏެވެ.
އެހެންވެ ސަލަފުން ވަނީ އިސްލާމްދީނުގެ ތަރަހައިގެތެރޭގައި އުފާ ފާޅުކޮށް ކުޅިވަރު ކުޅެވޭނެ މާހައުލެއް ރައްޔިތުންނަށް ގާއިމުކޮށްދިނުމަށް ސަރުކާރަށް ގޮވާލައިފައެވެ.
ސަލަފު އުވާލާ ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރިމަށް މައުމޫނު ގެންގުޅުނު ސިޔާސަތުތައް އިއާދަ ކުރަން ވެއްޖެއެވެ.
ވަރަށް ތާހިރުހ ވާހަކައް ތިބުނީ. އަސްލާ.ް ޘީނުގަ ކަންއޮތްގޮތް ފުރަތަމަ ފަގުޑި ބަލާބަ
ދީނުގެ ތެރެއިން ކުޅިވަރު ކެޅެން ޖެހޭނެކަން ސަލަފަށް ރޭކާލައިފި