Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ލަންކާގެ ވަގުތީ ރައީސަކަށް ބޮޑުވަޒީރު ރަނިލް، އާންމުން ރަތަށް

ލަންކާގެ ވަގުތީ ރައީސަކަށް ބޮޑުވަޒީރު ރަނިލް، އާންމުން ރަތަށް

ލަންކާގެ ވަގުތީ ރައީސް ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަހާސިންގް ހަމަޖައްސާފައިވާ ކަމަށް އެ ގައުމުގެ ލަންކާގެ ޕާލަމެންޓް ސްޕީކަރ މަހިންދަ ޔާޕަ އަބޭވަރުދަނަ ވިދާޅުވެއްޖެއެވެ.

ބޭރު ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މަހިންދަ ޔާޕަ އަބޭވަރުދަނަ ދެއްވި ކުރު ވީޑިއޯ މެސެޖެއްގައި ލަންކާގެ ރައީސްގެ މަގާމަށް ވަގުތީ ގޮތުން ބޮޑުވަޒީރު ރަނިލް އައްޔަން ކުރެއްވިކަން ވަނީ އިއުލާނުކުރައްވާފަ އެވެ.

ރައީސް ގޮތަބަޔާ ރާއްޖެ ވަޑައިގެންފައި މި ވަނީ މިއަދުގެ ވަގުތެއްގައި އިސްތިއުފާ ދެއްވާނެ ކަމަށް މީގެ ތިން ދުވަސް ކުރިން އެމަނިކުފާނު އިއުލާން ކުރައްވާފައި އޮއްވަ އެވެ. ނަމަވެސް, އޭނާ މިއަދު އިސްތިއުފާ ދެއްވާނެ ކަމާމެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

Advertisement
HDC — Sidebar (box)

ބޮޑުވަޒީރުގެ އޮފީހުން މިކަން މިގޮތަށް އިިއުލާނުކުރުމާއެކު ސްރީލަންކާގެ އާންމުންވަނީ މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލައި ބޮޑުވަޒީރު ރަނިލްގެ އޮފީސް ކައިރިއަށް އެއްވެފައެވެ.

އާންމުން ކޮންޓްރޯލް ކުރުމަށް ރަނިލް ވަނީ ކާފިއު ވެސް އިއުލާނުކުރައްވާފައެވެ، އެހެންނަމަވެސް ރައްޔިތުން އަންނަނީ ކާފިއުއަށް ބެލުމެއް ނެތި މަގުތަކަށް އެއްވެ މުޒާހަރާ ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް