ޚަބަރު

ގޮޓަބަޔާ ރާއްޖެއިން ފޮނުވާލުމުގައި އިންޑިއާގެ ދައުރެއް ނެތް: ހައި ކޮމިޝަން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ ރާއްޖެއިން ފޮނުވާލާފައިވަނީ އިންޑިއާގެ އެހީތެރިކަމާއެކުގައި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކުރުމުން އެކަން ދޮގުކޮށްފިއެވެ.

Ads by MWSC

ރާއްޖޭގެ ބައެއް މީޑިއާތަކުގެ އިތުރުން އިންޑިއާގެ ބޮޑު މީޑިއާއެއް ކަމަށްވާ އެންޑީޓީވީ އިން މިކަން ވަނީ މިގޮތަށް ރިޕޯޓްކޮށްފައެވެ. އެންޑީޓީވީން ވަނީ ގޮޓަބަޔާ ރާއްޖެއިން ފުރުވާލުމަށް ރާއްޖޭގެ އެދުމަކަށް އިންޑިއާގެ ވެރިރަށް ޑެއްލީން ފްލައިޓެއް ފޮނުވާފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ. ނަމަވެސް ގޮޓަބަޔާ ސިންގަޕޫރަށް ގޮސްފައިވަނީ، ސައުދީގެ އެއަރލައިންއަކުންނެވެ.

ރާއްޖޭގައި 33 ގަޑިއިރު މަޑުކުރެއްވުމަށްފަހު ގޮޓަބަޔާ ސިންގަޕޫރަށް ފުރާފައިވާއިރު، އެކަމުގައި އެއްވެސް ރޯލެއް އަދާކޮށްފައި ނުވާ ކަމަށް ރާއްޖޭގައި ހުންނަ އެންބަސީން ވަނީ ވިދާޅުވެފައެވެ.

ލަންކާއިން ރާއްޖެއަށް ގޮޓަބަޔާ އައިސްފައިވަނީ އިންޑިއާގެ އެހީތެރިކަމާއެކުގައި ކަމަށް ވެސް ބައެއް ލަންކާ މީޑިއާތަކުން ރިޕޯޓް ކުރިއެވެ. ނަމަވެސް މިކަން ވަނީ ލަންކާގައި ހުންނަ އިންޑިއާ އެންބަސީން ދޮގުކޮށްފައެވެ.

މި ވަގުތު ގޮޓަބަޔާ ހުންނެވީ ސިންގަޕޫރުގައެވެ. އެ ޤައުމުން ޕޮލިޓިކަލް ރެފިއުޖު އޭނާއަަށް ނުދޭނެ ކަމަށް ސިނގަޕޫރުގެ ފޮރިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. ގޮޓަބަޔާގެ ރާއްޖޭގެ ދަތުރުފުޅާ ގުޅިގެން ދިވެހި ސަރުކާރުން އޮތީ ހަނުކަން ފާހަގަކޮށްލެވެއެވެ.

Ads by HDC
  1. ޜިޒްވާން

    އިންޑިއާ ހައިކޮމިޝަން އަކުން ދުވަހަކުވެސް ތެދެއްނުހާދާނެ. ޢިންޑިއާ ގެ ބީޖޭޕީ އަކީ އިސްލާމު ދީނާ ދެކޮޅު ދެކޮޅުބައެއް. ޟި ގައުމުގައި ހިގާ ހުރިހާ ހަމަ ނުޖެހުމުގެ އަޑީގައި ތިބީ އިންޑިއާ ހައިކޮމިޝަން ގެ މީހުން

  2. މިވެރިންނޭ މިކިޔާ ބައިގަޑު މިހާދެން ރައްޔިތުން ދެކެ ލޯބިވާ އިހުލާސްތެރި ބަޔެއް ނަމަ ބިރުން އުޅެ ފިލައިގެން ޤައުމުން ބޭރުން މިފަދަ ހާލެއްގައި ދާންޖެހޭނެތޯ ؟ ޤައުމުތަކުގެ ސިޔާސީ މީހުންނަކީ ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން !