ޚަބަރު

ގޮޓަބަޔާ އިސްތިއުފާ ދެއްވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސްރީ ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

Ads by MWSC

ގޮޓަބަޔާގެ އިސްތިއުފާގެ ސިޓީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދާ ޔަޕާ އަބޭވަރްދެނާއަށް ލިބިފައިވާ ކަމަށް އޭނާއާ ހަވާލާދީ ލަންކާގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ގޮޓަބަޔާ އިއްޔެ އިސްތިއުފާ ދެއްވާނެ ކަމަށް އަޑުފެތުރުނު ނަމަވެސް އެކަން ކުރައްވާފައެއް ނުވެއެވެ. އިއްޔެ ގޮޓަބަޔާ ހުންނެވީ ރާއްޖޭގެ ރިސޯޓެއްގައި ކަމަށްވެއެވެ. އޭނާ މިއަދު ސައުދީ އެއަރލައިންސުން ވަނީ މެލޭޝިއާއަށް ފުރާ ވަޑައިގެންފައެވެ.

ރައީސް ގޮޓަބަޔާ އިސްތިއުފާ ދެއްވާފައިވަނީ ރައްކާތެރި މާހައުލަކަށް ވަޑައިގަތުމަށްފަހުގައި ކަމަށް ވެއެވެ. ނަމަވެސް  ގޮޓަބަޔާ ސިންގަޕޫރަށް ވަޑައިގެންފައިވާ ކަމަށާއި، އައިސްފައިވަނީ އެމަނިކުފާނު އެ ގައުމަށް ވަޑައިގެންނެވީ އަމިއްލަ ދަތުރުފުޅެއް ގައި ކަމަށް ސިންގަޕޫރު ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އަދި ހިމާޔަތް ހޯއްދަވާފައި ނުވާ ކަމަށާއި އެފަދަ ކަމެއް ނުކުރައްވާނެ ކަމަށް ވެސް ސިންގަޕޫރުގެ ފޮރިން މިނިސްޓްރީން ހާމަކުރެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!