ތޮއްޑޫ ދާގަބާ ސަރަހައްދު މިއުޒިއަމެއްގެ ގޮތަށް ތަރައްގީ ކުރަނީ

އއ.ތޮއްޑޫ ދާގަބާ ސަރަހައްދު ސައިޓް މިއުޒިއަމެއްގެ ގޮތަށް ތަރައްގީ ކުރުމަށް ނިންމައިފިއެވެ.
ހެރިޓޭޖް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ދޭ މަޢުލޫމާތާއި އެއްގޮތަށް ތޮއްޑޫ ދާގަބާ ސަރަހައްދު ސައިޓް މިއުޒިއަމެއްގެ ގޮތަށް ތަރައްގީ ކުރުމަށް ބޭނުންވާ ކޮންސެޕްޓް ޑިޒައިނާއި ތަފްސީލީ ކުރެހުންތައް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
އެ ގޮތުން މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ފަރާތްތަކަށް ފުރުސަތު ހުޅުވައިލާ ކަމަށެވެ.
ހެރިޓޭޖް މިނިސްޓްރީން ކުރި އިއުލާނުގައި ވާ ގޮތުން މި މަސައްކަތުގެ މަޢުލޫމާތު ސާފުކުރުން އޮންނާނީ މި މަހު 25 ގައެވެ. ބިޑް ހުށަހެޅުން އޮންނާނީ އަންނަމަހު 08 ގައެވެ.
ރާއްޖޭގައި ހުރި އާސާރީ ތަންތަނުގެ ތެރެއިން ދާގަބާ, ހަވިއްތަ, ވޭރު ފަދަ ތަންތަނަކީ އެ ޒަމާނުގައި އުޅުނު މީހުން އަޅުކަން ކުރަން ހަދާފައި ހުންނަ ތަންތަނެވެ.