މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
މޫސުން ގޯސްވުމުގެ ސަބަބުން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ދެންމެ ބުނީ މިއަދު 11:00 އިން ފެށިގެން 17:00 އާ ހަމައަށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައިވާ ކަމަށެވެ.
އަދި މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި, ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށް ވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުންޏެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކުރި ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ލ.ކައްދުއަށެވެ. އެއީ 27.8 މިލިމީޓަރުގެ ވާރޭއެވެ. ދެން އެންމެ ގިނައިން ވާރޭ ވެހިފައިވާކަމަށް ރެކޯޑް ކުރެވިފައިވަނީ ވ.ރަކީދުއާއި ހުޅުލެއަށެވެ.
Ads by STO