ޚަބަރު އިޖުތިމާޢީ

ކިނބިދޫގައި ޢީދު ފާހަގަކުރަން ބޭއްވި ހަރަކާތެއްގައި ސްކައުޓް ޔުނީފޯމް ބޭނުންކުރުމުން އެކަން ކުށްވެރިކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ކިނބިދޫގައި ޢީދު ފާހަގަކުރަން ބޭއްވި ހަރަކާތެއްގައި ސްކައުޓް ޔުނީފޯމް ބޭނުންކޮށްފައި.

ތ.ކިނބިދޫގައި ޢީދު ފާހަގަކުރަން ބޭއްވި ހަރަކާތެއްގައި ރާއްޖޭގެ ސްކައުޓް އެސޯސިއޭޝަންގެ ރަސްމީ ޔުނީފޯމް ބޭނުންކުރުމުން އެ އެސޯސިއޭޝަނުން އެކަން ކުށްވެރިކޮށްފިއެވެ.

Ads by STELCO

ސްކައުޓް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ސްކައުޓް ހަރަކާތަކީ ހުނަރުވެރި ޒިންމާދާރު ރައްޔިތެއް ބިނާކުރަން މަސައްކަތްކުރާ ދުނިޔޭގައި އޮތް ނުރަސްމީ ތަޢުލީމް ފޯރުކޮށްދޭ އެންމެ ބޮޑު ޖަމްޢިއްޔާ ކަމަށެވެ.

ބަޔާނުގައި ބުނީ ސްކައުޓް ޔުނީފޯމާއި ސްކައުޓު ހަރަކާތުގެ އެކިއެކި ރަމްޒުތަކަކީ ސްކައުޓް ހަރަކާތުގެ ވަޢުދުވެ އެ ހަރަކާތްތަކުގައި ބައިވެރިވާ މީހުން އެކަނި ބޭނުންކުރަން ސްކައުޓް އެސޯސިއޭޝަނުގެ ހިންގާ ގަވާއިދާއި ދުނިޔޭގެ ސްކައުޓް ޖަމްޢިއްޔާއިން ހުއްދަކުރާ އެއްޗެހި ކަމަށެވެ. އަދި ހަމައެހެންމެ އެ އެސޯސިއޭޝަނުގެ ހުއްދަނެތި އެ ފަދަ ތަކެތި ބޭނުންކުރުން މަނާވާނެ ކަމަށެވެ. އެހެންކަމުން ސްކައުޓް ޔުނީފޯމަށް ދެވޭ ގަދަރުކުޑަވާ ގޮތަށް އެއްވެސް ފަރާތަކުން ސްކައުޓް ޔުނީފޯމު ބޭނުންކުރުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

ބަޔާނުގައި ބުނީ ކުޑަކުދިންނާއި ޒުވާނުންގެ ކުރިއެރުމަށް މަސައްކަތްކުރާ ހަރަކާތެއްގެ ހައިސިއްޔަތަށް އުނިކަން އަތުވެދާނެފަދަ ގޮތަކަށް އެއްވެސް ފަރާތަކުން އަމަލު ނުކުރުމަށް އެދޭ ކަމަށެެވެ. އަދި މި އެންގުމާ ޚިލާފަށް އަމަލުކުރާ ފަރާތްތަކާމެދު ފިޔަވަޅުއަޅާނެކަމަށް ވެސް ސްކައުޓް އެސޯސިއޭޝަނުން ބުންޏެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!