ޚަބަރު ދީން

ހާދަ ބާގަނޑު ބޮޑޭ! ދީނަށް ފުރައްސާރަކޮށްފައި އެހާ ފަސޭހައިން ފިލައިގެން އެ ދެވެނީ ކީއްވެތަ: ޒައިދު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އައްޝައިޚް ޢަލީ ޒައިދު

އިސްލާމް ދީނަށް ފުރައްސާރަކޮށްފައި އެހާ ފަސޭހައިން ފިލައިގެން ބޭރަށް ދެވެނީ ކީއްވެތޯ އައްޝައިޚް ޢަލީ ޒައިދު ސުވާލު ކުރައްވައިފިއެވެ.

ރާއްޖޭގައި އިސްލާމްދީނަށް ފުރައްސާރަކުރާ މީހުންނަށް ކަމާބެހޭ ފަރާތްތަކުން އެއްވެސް ފިޔަވަޅެއް ނާޅައި ތިއްބާ ދެން ފެންނަނީ ކުއްލިއަކަށް ރާއްޖެއިން ބޭރަށް ފުރާ މަންޒަރެވެ. ދާދިފަހުން ވެސް އެފަދަ މީހަކު ވަނީ ރާއްޖެއިން ބޭރަށް ފުރާފައެވެ. ރިޕޯޓުތައް ބުނާ ގޮތުން އޭނާ ދިޔައީ ސްރީލަންކާއަށެވެ.

އޭނާގެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ ސޯޝަލްމީޑިއާގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާރަކޮށް ބަދުބަސް ބުނި މައްސަލައިގެ ތަޙްޤީޤު ކުރަންޖެހޭ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށެވެ. ފުލުހުން ބުނީ އެ މައްސަލަ ހުށަހެޅީ ޖޫން 09 ގައި ކަމަށެވެ.

ޒައިދު ކުރެއްވި ޓްވީޓެއްގައި ވަނީ އިސްލާމް ދީނަށް ފުރައްސާރަކޮށްފައި އެހާ ފަސޭހައިން ފިލައިގެންދެވެނީ ކީއްވެތޯ ސުވާލު ކުރައްވައިފައެވެ.

''އެ ބާގަނޑު އެހާ ބޮޑީ ކީއްވެހޭ؟ މި ބޮޑު ބާގަނޑު ބައްދާކަށް ނުވޭހޭ؟'' ޒައިދު ސުވާލު ކުރެއްވިއެވެ.

ޒައިދު ވަނީ ފުރުމުގެ ކުރިން ހައްޔަރު ނުކުރަނީ ކީއްވެތޯ ވެސް ސުވާލު ކުރައްވާފައެވެ.

Ads by Ooredoo
  1. ޢަލަމްގިރި

    ތިތިޔަ ސުވާލު ޝޭހު އިމުރާނާ ކޮށްބަ، ދީނުގަ ވަރަށް ބާރަށް ހިފާގެން ހުރި މީހެކޯ އެއީ

  2. ހަސަނުގެ ދަރި ލަތީފް

    ތިޔައީ ވަރަށް ހާމަކޮށް ޖަވާބު ފެންނަން އޮތް ސުވާލެއް. އެއީ މިސަރުކާރުން އެކަމަށް ހިތްވަރު ދޭތީ.