ޚަބަރު އިޖުތިމާޢީ

ދުވާފަރު ކައުންސިލުން ހިންގީ ބޮޑު ޚިޔާނާތެއް, އޭސީސީން މައްސަލަ ބަލަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އޭސީސީގެ މެންބަރުން

ރ.ދުވާފަރު ކައުންސިލުން 02 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ޚިޔާނާތް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލަ ބަލަމުންދާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފިއެވެ.

Ads by MWSC

ދުވާފަރުގެ ކައުންސިލުގެ މެންބަރުންނާއި މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ފައިސާ ޖަމާކޮށްފައިވާކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެކުލަވައިލި ރިޕޯޓަކުން ވަނީ ހާމަވެފައެވެ.

ދުވާފަރު ކައުންސިލު މޮނިޓާ ކުރުމަށްފަހު އެލްޖީއޭއިން އެކުލަވައިލި ރިޕޯޓުގައިވާ ގޮތުން ދުވާފަރު ކައުންސިލުން ވަނީ ޒިންމާ އަދާކުރުމުގައި ފަރުވާކުޑަކޮށްފައެވެ. އަދި ޤާނޫނުން ކައުންސިލުގެ މައްޗަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކަށް ހިޔާނާތްތެރިވެފައެވެ.

ރިޕޯޓުގައިވާ ގޮތުން ދުވާފަރު ކައުންސިލުން ސިވިލް ސާރވިސްގެ ގަވާއިދާއި މާލީ އަދި އެހެނިހެން ޤާނޫނުތަކާއި ޤަވާއިދުތަކަށް އަމަލުކޮށްފައެއް ނުވެއެވެ. އަދި ޤާނޫނާ ޤަވާއިދުތަކާ އެއްގޮތަށް އެއްވެސް ލިޔެކިޔުމެއް ބަލަހައްޓާފައެއް ވެސް ނުވެއެވެ. އޭގެ އިތުރުން މާލިއްޔަތު ޤަވާއިދާ ޚިލާފަށް ކައުންސިލުގެ މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންގެ އަމިއްލަ އެކައުންޓުތަކަށް ގިނަ ޢަދަދެއްގެ ފައިސާ ޖަމާކޮށްފައިވާކަމަށް ވެސް ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ.

1.މުދަލު ޒަކާތުގެ ގޮތުގައި ނެރެފައިވާ 318,600 ރުފިޔާ ކައުންސިލުގެ އެސިސްޓެންޓް ޑިރެކްޓަރު މުޙައްމަދު އަލިފުޅުގެ އެކައުންޓަށް ޖަމާކުރިކަމަށް ރިޕޯޓުގައިވޭ.

2.ފިޠުރު ޒަކާތަށް ބެހުމަށް 54,000 ރުފިޔާ ނަގުދު ފައިސާގެ ގޮތުގައި ކައުންސިލު މެންބަރު ޒުހުދާ އާދަމާ ހަވާލުކޮށްފައިވާކަމަށް ރިޕޯޓުގައިވޭ. ނަމަވެސް ޙައްޤުވެރިންނަށް އެ ލިބުނުކަމެއް ލިޔެކިޔުމަކުން އެނގޭކަށް ނެތް.

3.ކައުންސިލު މެންބަރު މުޙައްމަދު ޝާމުގެ އެކައުންޓަށް 447,837 ރުފިޔާ ޖަމާކުރިކަމަށް ރިޕޯޓުގައިވޭ.

4.ކައުންސިލުގެ ނައިބު ރައީސް އިޒްމީލް އަޙްމަދުގެ އެކައުންޓަށް 252,048 ރުފިޔާ ޖަމާކުރިކަމަށް ރިޕޯޓުގައިވޭ.

5.ކައުންސިލު މެންބަރު ޒުހުދާ އާދަމުގެ އެކައުންޓަށް 181,666 ރުފިޔާ ޖަމާކުރިކަމަށް ރިޕޯޓުގައިވޭ.

6.ކައުންސިލު މެންބަރު މުޙައްމަދު ނާޞިޙުގެ އެކައުންޓަށް 165,200 ރުފިޔާ ޖަމާކުރިކަމަށް ރިޕޯޓުގައިވޭ.

7.ކައުންސިލު މެންބަރު އާމިނަތު ޞަލާޙްގެ އެކައުންޓަށް 84,035 ރުފިޔާ ޖަމާކުރިކަމަށް ރިޕޯޓުގައިވޭ.

8.އަންހެނުންގެ ކޮމިޓީގެ ރައީސް އާމިނަތު އަޙްމަދުގެ އެކައުންޓަށް 65,000 ރުފިޔާ ޖަމާކުރިކަމަށް ރިޕޯޓުގައިވޭ.

9.ކޮންޓްރެކްޓް މުވައްޒަފު އަޙްމަދު ޝާމިލުގެ އެކައުންޓަށް 5,000 ޖަމާކުރިކަމަށް ރިޕޯޓުގައިވޭ.

މި މައްސަލަ މިހާރު ވަނީ އޭސީސީއަށް ހުށަހަޅާަފައެވެ. އޭސީސީން ބުނީ އަވަސް މައްސަލައެއްގެ ގޮތުގައި އެކަން ބަލަމުންދާ ކަމަށެވެ.

Ads by Ooredoo
  1. ސަންފަ

    ތިޔަ ލޯކަލް ގަވރމެންޓަކީ މި ރާއްޖެއަކަށް ކަމުދާ ނިޒާމެއް ނޫން އެންމެހާ ޚަރަދު ބޮޑު މުވައްޒަފުން ރަސްމީ ގަޑީގަވެސް ކެޔޮޅުކަން ކުރުމާ ރަށުތެރޭގަ މަޖާ ކުރުމުގަ .އެންމެ ހެއްވާ ކަމަކީ މިބައިގަނޑުގެ ތަޢުލީމީފެންވަރެއް ވެސް ކަނޑައަޅާފަ ނޯންނަ ކަން މިފަދަތަޢުލީމީ ޒަމާނެއްގަ ރާއްޖެތެރޭގެ ރަށްރަށުގަވެސް ކިޔަވައިގެން ތިބި ޒުވާނުންތައް ވަރަށް ގިނަ . އެކަމަކު މަޖްލިސްް މެމްބަރކަމާކައުންސިލަރ ކަން ދޭން ބޭނުންވަނީ ރާއްޖޭގަ އެންމެ ބޑު މުސާރަ ކަނޑައަޅާފައި ދަމާ ކަނޑާ މީހުނަށް.