ޚަބަރު އިޖުތިމާޢީ

ވިއްސާރައާއި އުދައިގެ ސަބަބުން އެންމެ ބޮޑުު ގެއްލުމެއް ލިބުނީ ދަނޑުވެރިންނަށް: އެންޑީއެމްއޭ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އަހަންމައިދީގެ މިރުސް ދަނޑު | މި ދަނޑުގައި މިރުސް ގަސްތަކުގައި ބޭނުން ކުރަނީ އަމިއްލަ ބޮބިކުޑި

މި ހިނގާ ޖުލައިމަހު މޫސުން ގޯސްވެ ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ވައިގަދަވެ އުދައެރުމުގެ ސަބަބުން އެންމެ ބޮޑުު ގެއްލުމެއް ލިބުނީ ދަނޑުވެރިންނަށްކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން (އެންޑީއެމްއޭ) ބުނެފިއެވެ.

Ads by STELCO

ރާއްޖޭގެ ރަށްރަށަށް ލިބުނު ގެއްލުންތައް ދެނެގަތުމަށް ކުރެވޭ މަސައްކަތުގެ އެންމެ ފަހުގެ މަޢޫލޫމާތު އަދާހަމަކޮށް އެންޑީއެމްއޭއިން މިއަދު އާންމުކުރި މަޢުލޫމާތުތަކުގައިވަނީ, މި ހާދިސާގެ ސަބަބުން އެންމެ ބޮޑު ގެއްލުންތަކެއް ލިބިފައިވަނީ ދަނޑުވެރިންނަށްކަމަށް ފާހަގަކުރެވޭ ކަމަށެވެ.

އެ ގޮތުން މިހާތަނަށް އެ އޮތޯރިޓީއަށް ލިބިފައިވާ ޑެމޭޖް އެސެސްމަންޓް ފޯމުތަކުގެތެރެއިން 04 ރަށެއްގައި 110 ގޭބީސީއަކުން ބަލަހައްޓާ ދަނޑުބިންތަކަށް ގެއްލުން ލިބިފައިވާކަމަށް އެސެސްމަންޓް ފޯމުތަކުން ދައްކާކަމަށް އެންޑީއެމްއޭއިން ބުންޏެވެ. އެއީ ލިބިފައިވާ އެސެސްމަންޓް ފޯމުތަކުގެ %46 ކަމަށް ވެސް އެންޑީއެމްއޭއިން ބުންޏެވެ.

''ދަނޑުބިންތަކަށް ލިބިފައިވާ ގެއްލުންތަކަށް ބަލާއިރު އާމްދަނީ ހޯދަން ހައްދާ ބާވަތްތައްކަމަށްވާ މިރުސް, ފަޅޯ, ބިލެތް, ދޮންކެޔޮ, ބަނބުކެޔޮ އަދި އަނބުގަސް މަރުވެގެން ވަނީ ރިޕޯޓުކޮށްފަ. ދަނޑުބިންތަކަށް ލިބުނު ގެއްލުންތަކުގެ އެސެސްމަންޓް ފޯމު ފޮނުވާފައިވަނީ ގދ.މަޑަވެލި, ގދ.ހޯޑެއްދޫ, ގދ.ފިޔޯރީ އަދި ތ.ތިމަރަފުށިން.''

އެމްޑީއެންއޭއިން ބުނީ ޑެމޭޖް އެސެސްމަންޓް ފޯމުތަކުގެ މަޢުލޫމާތު ފުރިހަމަ ރަށްތަކަށް އެހީ ދިނުމަށް ކުރަންޖެހޭ މަަސައްކަތް ކުރަމުންދާ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!