ވިއްސާރައާއި އުދައިގެ ސަބަބުން 09 ރަށެއްގެ 96 ގެއަކަށް ބޮޑެތި ގެއްލުންތަކެއް
މި ޖުލައި މަހު މޫސުން ގޯސްވެ ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ވައިގަދަވެ އުދައެރުމުގެ ސަބަބުން 09 ރަށެއްގެ 96 ގެއަކަށް ގެއްލުން ލިބިފައިވާކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން (އެންޑީއެމްއޭ) ބުނެފިއެވެ.
ރާއްޖޭގެ ރަށްރަށަށް ލިބުނު ގެއްލުންތައް ދެނެގަތުމަށް ކުރަމުންދާ މަސައްކަތުގެ އެންމެ ފަހުގެ މަޢޫލޫމާތު ޢާންމުކޮށް އެންޑީއެމްއޭއިން މިއަދު ބުނީ މިހާތަނަށް އެ އޮތޯރިޓީއަށް ލިބިފައިވާ ޑެމޭޖް އެސެސްމަންޓް ފޯމުތަކުން ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު, ގޯތިގެދޮރާއި ޒަރޫރީ ބޭނުންތަކަށް ބުރޫއަރާފަދަ ގެެއްލުންތަކެއް 09 ރަށެއްގެ 96 ގެއަކަށް ލިބިފައިވާކަމަށް ދައްކާ ކަމަށެވެ. އެއީ ލިބުނު އެސެސްމަންޓް ފޯމުތަކުގެ %40 ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އެ އޮތޯރިޓީން ބުނީ މި މަހުގެ 23 ވަނަ ދުވަހުގެ 16:00 އާއި ހަމައަށް ޑެމޭޖް އެސެސްމަންޓް ހުށަހަޅާފައިވަނީ 09 ރަށަކުން ޖުމްލަ 261 ފޯމު ކަމަށެވެ.
ސ.މަރަދޫން 08 ގޭގެ ފޯމް
ސ.މަރަދޫފޭދޫން 20 ގޭގެ ފޯމް
ށ.ބިލެތްފަހިން 02 ގޭގެ ފޯމް
ގދ.ރަތަފަންދޫން 08 ގޭގެ ފޯމް
ތ.ތިމަރަފުށިން 61 ގޭގެ ފޯމް
ގދ.މަޑަވެލިން 67 ގޭގެ ފޯމް
ހދ.ވައިކަރަދޫން 02 ގޭގެ ފޯމް
ގދ.ފިޔޯރީން 11 ގޭގެ ފޯމް
ގދ.ހޯޑެއްދޫން 82 ގޭގެ ފޯމް
އެމްޑީއެންއޭއިން ބުނީ ޑެމޭޖް އެސެސްމަންޓް ފޯމުތަކުގެ މަޢުލޫމާތު ފުރިހަމަ ރަށްތަކަށް އެހީ ދިނުމަށް ކުރަންޖެހޭ މަަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.