ޢަލީގެ ރައްދެއް: އަންހެނާ އައުރަ ނިވާކުރުން ލާޒިމެއް ނޫނޭ ބުނި މީހަކު ޔޯގާ ހަލާލުކަމަށް ބުނުމުން ހައިރާންވާކަށްނުޖެހޭ

މުޅި އުންމަތް އިއްތިފާޤުވެފައިވާ މުސްލިމު އަންހެނާ އައުރަ ނިވާކުރުން އެއީ ލާޒިމްކަމެއް ނޫނޭ ބުނި މީހަކު ޔޯގާއެއީ ޙަރާމް އެއްޗެއް ނޫނޭ އެއީ ކަސްރަތުކޮށްލުމެކޭ ބުނުމަކީ ހަމަ އެއް ގޮތަކަށް ވެސް ހައިރާންވާންޖެހޭ ކަމެއް ނޫން.
ޔޯގާއަކީ ޙަރާމްކަމެއް ނޫންކަމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވުމާ ގުޅިގެން ޖަމްޢިއްޔަތުއްސަލަފްގެ އޮޕަރޭޝަންސް މެނޭޖަރު ޢަލީ ރަމީޒް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ޔޯގާއަކީ ޙަރާމްކަމެއްކަމަށް ދީނީ ޢިލްމުވެރިން ވިދާޅުވަމުންދާއިރު, ރައީސް މައުމޫނު ރޭ ވިދާޅުވީ އެއީ ޞިއްޙީ އަދި ނަފްސާނީ ދުޅަހެޔޮކަން ހިފެހެއްޓުމަށް ކުރާ ކަސްރަތުތަކެއް ކަމަށާއި, ޔޯގާއަކީ ހަރާމްކަމެއްނޫން ކަމަށެވެ.
ރައީސް މައުމޫނަކީ މީގެ ކުރިން ވެސް މިފަދަ ކަންކަމުގައި ވާހަަކަ ދައްކަވާ ބޭފުޅެކެވެ. އެ ގޮތުން މިއުޒިކަކީ ޙަރާމްކަމެއް ނޫނޭ, ޙަރާމްކަމެއްނަމަ އެކަމެއް ކީރިތި ޤުރުއާނުގައި ބަޔާންވެފައި އޮންނާނެކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި މުސްލިމު އަންހެނާ އައުރަ ނިވާކުރުން އެއީ ލާޒިމްކަމެއް ނޫނޭ ވެސް ވިދާޅުވެފައިވެއެވެ.
މިކަމަށް ރައްދު ދެއްވައި ޢަލީ ރަމީޒް މިއަދު ވިދާޅުވީ މުޅި އުންމަތް އިއްތިފާޤުވެފައިވާ މުސްލިމު އަންހެނާ އައުރަ ނިވާކުރުން އެއީ ލާޒިމްކަމެއް ނޫނޭ ބުނި މީހަކު, ޔޯގާ އެއީ ޙަރާމް އެއްޗެއް ނޫނޭ, އަދި އެއީ ކަސްރަތުކޮށްލުމެކޭ ބުނުމަކީ ހަމަ އެއް ގޮތަކަށް ވެސް ހައިރާންވާންޖެހޭ ކަމެއް ނޫން ކަމަށެވެ.







ކޮމެންޓް