Thursday, 29 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ދިވެހިންނަށް އިންޑޮނޭޝިއާއިން އޮން-އެރައިވަލް ވިސާ ދެނީ

ދިވެހިންނަށް އިންޑޮނޭޝިއާއިން އޮން-އެރައިވަލް ވިސާ ދެނީ

ކުރީބައިގައި ވިސާ ހަމަޖެއްސުމަކާ ނުލާ، އިންޑޮނޭޝިއާއަށް ދިވެހިނަށް ދެވޭ ގޮތަށް، އެ ޤައުމުގެ އޮން-އެރައިވަލް ވިސާ ދިވެހިންނަށް ދޭން އިންޑޮނޭޝިއާއިން ނިންމައިފިއެވެ.

ދިވެހިންނަށް އިންޑޮނީޝިއާއިން އޮން-އެރައިވަލް ވިސާ ލިބޭނެ ގޮތް ހަމަޖެއްސުމާއި ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް ވަނީ އެކަން ފާހަގަކުރައްވައި، އެ ޤައުމުގެ ފޮރިން މިނިސްޓަރަށް ޝުކުރު އަދާކުރައްވާފައެވެ.

https://twitter.com/abdulla_shahid/status/1552186159798910977?s=20&t=kZ7h0eip-SosvHpOGzviMA

Advertisement
Ooredoo — Truecaller (box)

ދިވެހިންގެ މެދުގައި ވިޔަފާރި އާއި ޗުއްޓީ ހޭދަކުރުމަށް މަޤްބޫލް މަންޒިލެއްކަމަށްވާ އިންޑޮނޭޝިޔާއިން ދިވެހިންނަށް އޮން އެރައިވަލް ވިސާ ދޫކުރަން ނިންމާފައިވާކަން ހާމަކޮށްފައިވާ އެ ޤައުމުގެ އިމިގްރޭޝަނުންނެވެ.

އެގޮތުން އިންޑޮނީޝިއާގެ އިމިގްރޭޝަނުން މިއަދު އާންމުކުރި، އެ ގައުމުން އޮން-އެރައިވަލް ވިސާ ދޫކުރާ ގައުމުތަކުގެ ލިސްޓުގައި 75 ޤައުމެއް ހިމެނޭއިރު އޭގެތެރޭގައި ދިވެހިރާއްޖެވެސް ހިމެނެއެވެ.

ދިވެހިންނަށް މިހާރުވެސް 87 ޤައުމަކަށް ދުރާލާ ވިޒާ ނުނަގާ ދަތުރުކުރެވޭއިރު އިތުރު ޤައުމުތަކަށް ވިޒާ ނުލައި ދަތުރުކުރެވެއެވެ. ދިވެހި ރާއްޖޭގެ ޕާސްޕޯޓަކީ ދެކުނު އޭޝިޔާ ސަރަހައްދުގައިވެސް އެންމެ ބާރުގަދަ ޕާސްޕޯޓެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް