ޚަބަރު

މާރިޔާގެ ހެދުމުގެ އެޑިޓްކޮށްފައިވާ ފޮޓޯއެއް ޓްވީޓް ކުރުމުން ނަރީޝް ހޫނު ފެނަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އަސްލުުފޮޓޯ (ކ) އެޑިޓްކޮށްފައިވާ ފޮޓޯ (ވ)

ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީނީ، މިނިވަން ދުވަހުގެ ތުރުކުރެއްވީ އިންޑިއާގެ ދިދަ ރަމްޒުކޮށްދޭ ހެދުމެއް ކަމަށް ބުނެ އެޑިޓްކޮށްފައިވާ ފޮޓޯއެއް ޓްވީޓް ކުރުމުން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ހޫނު ފެނަށް ވެއްޓިއްޖެއެވެ.

Ads by MWSC

މިނސްޓަރު މާރިޔާ ތުރުކުރައްވައިގެން ހުންނެވި ދިގު ހެދުމެއްގެ އެޑިޓްކޮށްފައިވާ ފޮޓޯއެއް ޓްވިޓަރގައި ހިއްސާ ކުރައްވަމުން ނަރީޝް ވިދާޅުވީ، ދިވެހި ރާއްޖޭގެ މިނިވަން ދުވަހު މިނިސްޓަރު މާރިޔާ ދީދީ އިންޑިއާގެ ޤައުމީ ދިދަ ރަމްޒުކޮށްދޭ ހެދުމެއް ތުރުކުރައްވައިގެން ވަޑައިގަތީ ދިވެހި ރައްޔިތުންނަށް ޖެއްސުމަށް ކަމަށެވެ.

ނަރީޝް ހިއްސާ ކުރެއްވި ފޮޓޯއަކީ އެޑިޓެއް ކަމަށް މީހުން ބުނަން ފެށުމުން، އަސްލު ފޮޓޯ ހިއްސާ ކުރަމުން ނަރީޝް ވިދާޅުވީ ދެ ފޮޓޯއިން ވެސް ރަމްޒުކޮށްދެނީ އިންޑިއާގެ ދިދަ ކަމަށެވެ.

ނަރީޝްގެ މި ޓްވީޓްތަކާއެކު އޭނާއަށް ބައެއް ފަރާތްތަކުން އަންނަނީ ފާޑު ކިޔަމުންނެވެ. އަދި މިފަދަ ކަންކަމަކީ ފިތުނަ އުފެއްދުން ކަމަށް ޓްވިޓަރގައި ޚިޔާލުފާޅު ކުރި ފަރާތްތަކުން ބުނެއެވެ.

މި ސަރުކާރު އައިފަހުން އިންޑިއާއެކު ވަރަށް ބޮޑަށް ގުޅުންވަނި ބަދަހިކޮށްފައެވެ. ސަރުކާރާ އިންޑިއާއެކު ހަދާފައިވާ އަސްކަރީ އެއްބަސްވުންތަކަށް އިދިކޮޅުން ވަރަށް ބޮޑަށް ފާޑު ކިޔައެވެ. ޑިފެންސްގައި ހުންނަވާ އިންޑިއާއެކު، އިންޑިއާއަށް ފައިދާވާނެހެން އެއްބަސްވުންތަކެއް ހަދާފައިވާ ކަމަށް އިދިކޮޅުން ތުހުމަތު ކުރެއެވެ. އިންޑިއާ މިލިޓަަރީ ރާއްޖޭގައި ތިބުމާ ދެކޮޅަށް ކަމަށްބުނެ "އިންޑިއާ އައުޓް" ކެންޕެއިނެއް އިދިކޮޅުން އަންނަނީ ހިންގަމުންނެވެ.

  1. އައިސް

    ކޮން ހޫނު ފެނެއް ..ލަދު ނެތް ސަރުކާރު

  2. ބޭބެ

    އަސްލު ޗެނަލް 13 އަކީދުނިޔޭގަ މުސްލިމުންނާ ދެކޮޅަށް އިސްރާއީލުން ޖަރީމާ ހިންގާ ޗެނަލެއް!
    މިރާއްޖޭގެ ބޭބެ އެއްގެ ބޮލަށް އަރައިގެން ވެރިކަން މަކަރުހަދައިގެން ހޯދި ޚާއިނަކު ޕްރޮމޯތްކުރަން އުފެއްދި ޓީވީޗެނަލެއް މިޗެނަލް13 އަކީ ހަމައެހެންމެ
    ރާއްޖޭގެ ޖީލެއް ނުބައިކަންކަމަށް ވައްޓާލުމުގެ ބޮޑުން
    ކޮންމެ ރެއަކު ފިތުނަ13 އަށް އަރާ އެޔަހޫދީ ފަލްސަފާ ފަތުރަނީ!

    • ޭއަމަޔާއި

      ޔަހޫދީން ވަކިކުރަން އެނގޭތަ ބޭބެއަށް!

  3. މުންޖިޗޭ

    އޭގަ އަސްލަށް ކުލަނެތަސް ނަރީޝް އެދައްކައިދިނީ އެހެދުމުގެ ފޮރުވިފައިވާ ޙަޤީޤަތް، ހޫނުފެނަކަށް ނުވެއްޓޭނެ. ކޫލް ނަރިޝެއް.

  4. ގަމާރުނަރީސް

    އިދިކޮޅުން ދައްކާނެ ވާހަކައެއް ނެތުމުން އިންޑިއާ އޭ ކިޔައިގެން ވައްތަރެއް ޖައްސަނީ ތިޔަބުނާ އިންޑިއާ މީހުން ތިޔަ މީހުންގެ ވެރިކަމުގަ ނެތްނަމަ ތިކަން ދިވެހިން ގަބޫލުކުރިސް. ލަދެއް ހުރިނަމަ ތިޔަ ކެމްޕޭނެއް ނުޖެއްސީސް. ކޮންމެސް އާކަމެއް ހޯދައިގެން ވެރިކަމުގަ ބޭނުމުގަ ޖެއްސިނަމަވެސް މާ ތާހިރުވީސްތޯއްޗެއް

  5. އަސްލު

    ޕީޕީ އެމްގެ ޝިއާރަކީވެސް ފިތުނަ ފަސާދަ