Thursday, 5 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް، އިންޑިއާގެ އަސްކަރިއްޔާގެ އިސްވެރިންނާ ބައްދަލު ކުރައްވައިފި

ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް، އިންޑިއާގެ އަސްކަރިއްޔާގެ އިސްވެރިންނާ ބައްދަލު ކުރައްވައިފި
ރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް، އިންޑިއާގެ އަސްކަރިއްޔާގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވައިފިއެވެ. ޝަމާލް މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ހަ ދުވަހުގެ ދަތުރުފުޅުގައި އޭނާވަނީ އެ ގައުމުގެ އަސްކަރިއްޔާ އާއި ޑިފެންސް މިނިސްޓްރީގެ އިސް ބޭފުޅުންނާ ބައްދަލުކުރެވުމާގެ އިތުރުން، އެ ޤައުމުގެ އަސްކަރީ ހަރަކާތެއް ބައްލަވާލައްވާފައެވެ. އިންޑިއާގެ އަސްކަރިއްޔާއިން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ، އެ ޤައުމުގެ 'ނެޝަނަލް ވޯ މެމޯރިއަލް'އަށް ޝަމާލް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައިވާ ކަމަށާއި ޝަމާލަށް އެތަނުން ގާޑް އޮފް އޮނާ އަރުވާފައިވާ ކަމަށެވެ https://twitter.com/adgpi/status/1552545527111118848?s=20&t=AEMFo6VLcNbDVDO18oOmnw އިންޑިއާގެ ވެރިރަށް ދިއްލީގައި ހުންނަ ނެޝަނަލް ވޯ މެމޯރިއަލް އަކީ އެކި ހަނގުރާމަތަކުގައި ބައިވެރިވި އިންޑިއާގެ ސިފައިންގެ އަގު ވަޒަން ކުރުމަށާއި ހަނދާން އާ ކުރުމަށް ހަދާފައިވާ ގައުމީ ބިނާއެކެވެ. އިންޑިއާގެ އަސްކަރިއްޔާއިން ކުރި އިތުރު ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އިންޑިއާ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ޖެނެރަލް މަޖޯޖް ޕާންޑޭއާ ޝަމާލު ބައްދަލު ކުރެއްވި ކަމަށާއި އެ ބައްދަލު ކުރެއްވުމުގައި ދެ ގައުމުގެ އަސްކަރީ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައި ކަމަށެވެ. މީގެ އިތުރުން، އޭނާ ވަނީ އިންޑިއާގެ ޑިފެންސް ސެކްރެޓަރީ އަޖޭ ކުމާރާ ވެސް ބައްދަލުކުރައްވާފައެވެ. މި ދަތުރުފުޅާ ގުުޅޭ ގޮތުން ތަފްސީލެއް އެމްއެންޑީއެފް އިން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް