ޚަބަރު އިޖުތިމާޢީ

ޔޯގާއޭ ކިޔައިގެން ފާޑުފާޑުގެ ދެބޯގެރި ނުދުއްވާ ލިވާތުކުރި މީހުން ހައްޔަރުކުރޭ: ޢަލީ ރަމީޒް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ލިވާތުކުރި މީހުން ހައްޔަރުކުރަން ޖަމްޢިއްޔަތުއްސަލަފްގެ އޮޕަރޭޝަންސް މެނޭޖަރު ޢަލީ ރަމީޒް މިއަދު ގޮވާލައްވައިިފިއެވެ.

Ads by MWSC

ލިވާތުކުރި މީހުން ހައްޔަރުކުރަން ޢަލީ މި ގޮވައިލެއްވީ ހިންދޫދީނުގެ އަޅުކަމެއްކަމަށްވާ ޔޯގާއަކީ ހުއްދަކަމެއްކަމަށް ބުނެ ސިޔާސީ ލީޑަރުން ޓުވީޓު ކުރައްވައި ބަޔާން ނެރުއްވަމުންދާ ދަނޑިވަޅެއްގައެވެ.

ޢަލީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޔޯގާއޭ ކިޔައިގެން ފާޑުފާޑުގެ ދެބޯގެރި ނުދުއްވައި ލިވާތު ކުރި މީހުން ހައްޔަރުކުރަންޖެހޭ ކަމަށެވެ.

''ޔޯގާ ޔޯގާއޭ ކިޔައިގެން ފާޑުފާޑުގެ ދެބޯގެރި ނުދުއްވައި ލިވާތު ކުރި މީހުންތައް ހައްޔަރުކުރޭ.''

މީގެ ދެ ދުވަސް ކުރިން ޢަލީ ވިދާޅުވީ ލިވާތުކުރާ މީހުންނަކީ މުޅި އިންސާނިއްޔަތަށް ހުރި ބަލާ އާފާތެއް ކަމަށާއި, އެފަދަ އާފާތްތަކުން ޤައުމު ސަލާމަތްކުރުމަކީ ލާޒިމްކަމެއް ކަމަށެވެ. އަދި ޝަރުޢީ ގޮތުން އެކަމަށް އޮންނަ ޢުޤޫބާތް އެ މީހުންގެ މައްޗަށް ތަންފީޒުކުރަންޖެހޭކަމަށް ވެސް ޢަލީ ވިދާޅުވިއެވެ.

ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރި ނަމަކަށް ކިޔާ މީހަކު ރާއްޖޭގެ ބައެއް މީހުންނާއެކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުވެފައިވާއިރު, އެ ކަން ކުރި މީހުންނަށް ކަމާބެހޭ ފަރާތަކުން އަދި އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

Ads by HDC
  1. ހަމަ ރަނގަޅަށް ތިބުނީ…
    މައުމޫނުމެން ތިބީމިހާރު ހަކުރުދެންޔާ ބޮޑުބޭބެއަށްވެފަ

  2. ގުއިއްޒު

    މިވެސް ސޭޚެއްތަ؟

  3. ނަސީރު

    އަޅެ މި އަލީ މީ ކޮންތާކުން ކިޔެވި ޝޭޚެއް
    މީނަވެސް…

  4. ޙަސަންޓޭ

    ލިވާތުކުރި މީހުންނާ އެކު ހަމަނުޖެހުން ހިންގާ ގައުމުގެ މަސްލަހަތު ނަގާލި މީހުން ވެސް ހައްޔަރުކުރަން ވާނެ!

  5. އަލީ ރަމީޒު ދެކެ ތިހާ ރުޅިއެއް ތި އަންނަނީ ކީއްވެޔޯ ހައްޤަށް ބަސް ބުނާތީތޯ