ދުނިޔެ

ލަންކާއިން ނަގާފައިވާ ޗައިނާގެ ލޯނުތައް ރީސްޓްރަކްޗަރ ކުރަން މަޝްވަރާ ކުރަން ޖެހޭ: އައިއެމްއެފް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިޤްތިޞާދީ އަދަވަޅަކުން އަރައިގަތުމަށް މަސައްކަތް ކުރަމުން އަންނަ ސްރީ ލަންކާއަށް މި ވަގުތު އެންމެ މުހިންމު އެއް ކަމަކީ ޗައިނާއިން އެ ޤައުމުން ނަގާފައިވާ ލޯނުތައް ރީސްޓްރަކްޗަރ ކުރުން ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ބުނެފައެވެ.

Ads by WAMCO

ސްރީ ލަންކާއިން ވަނީ އައިއެމްއެފްގެ ލޯނަކަށް އެދިފައެވެ. އައިއެމްއެފްއިންވަނީ އެ ޤައުމަށް ލޯނު ދޫކުރުމަށް މަސައްކަތް ފަށާފައެވެ. ނަމަވެސް މިހާރު އެ ޤައުމުން ނަގާފައިވާ ލޯނުތައް ދެއްކުމުގައި އިތުރަށް ފަރުވާތެރިވެ, އެ ލޯނުތައް ރީސްޓްރާ ކުރެވޭނެ ގޮތްތަކެއް ހޯދަން ޖެހޭ ކަމަށް އެ އިދާރާއިން ދެކެއެވެ.

"ޗައިނާ އަކީ ބޮޑު ކްރެޑިޓަރެއް، އަދި ދަރަނި ރީސްޓްރަކްޗާ ކުރުމާ ގުޅޭ ގޮތުން ލަންކާއިން މަސައްކަތް ކުރަން ޖެހޭ،" އައިއެމްއެފްގެ އޭޝިއާ އެންޑް ޕެސިފިކް ޑިޕާޓްމަންޓުގެ ޑިރެކްޓަރު ކްރިޝްނާ ސްރީނިވާސަން އަންގާރަ ދުވަހު ރޮއިޓާސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

އިންސްޓިޓިއުޓް އޮފް އިންޓަނޭޝަނަލް ފައިނޭންސް (އައިއެފްއެފް) ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޑިވެލޮޕްމަންޓް ބޭންކް ލޯނުތަކާއި މަރުކަޒީ ބޭންކް ސްވޮޕް ހިމެނޭ ގޮތަށް ފައިނޭންސިންގެ ގޮތުގައި ޗައިނާ އަށް ގާތްގަނޑަކަށް 6.5 ބިލިއަން ޑޮލަރު ލަންކާއިން ދައްކަން ޖެހެއެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިޤްތިޞާދު ކަމަށްވާ ޗައިނާއިން ލަންކާގައި އިންވެސްޓްކޮށްފައިވަނީ ހައިވޭތަކާއި ބަނދަރުތަކާއި އެއަރޕޯޓާއި ކޯލް އިންޖީނުގެ ފަދަ މަޝްރޫއުތަކަށެވެ. ޖަޕާނާއި އިންޑިއާއަކީ ވެސް ލަންކާގެ ކްރެޑިޓަރުންނެވެ.

"ލަންކާގެ ދަރަނީގެ ދެމެހެއްޓެނިވިކަން އަލުން ހޯދައިދިނުމަށް ދަރަނީގެ މުޅިން ރީސްޓްޗަރއެއް ކުރަން ޖެހޭ،" އައިއެމްއެފްގެ އާ ޕްރޮގްރާމެއްގެ ފަންނީ މަޝްވަރާތައް ކުރިއަށްދާކަން ފާހަގަކުރައްވަމުން ސްރީނިވާސަން ވިދާޅުވިއެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!