އިތުރު 13 މީހުން ކޮވިޑުން ރަނގަޅުވެ، ބަލިން ފަސޭހަވީ މީހުންގެ އަދަދު 2706 އަށް
 
                                                        ރާއްޖޭގައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދިޔަ އިތުރު 13 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 13 މީހަކު މިއަދު ރަނގަޅުވެ، ބަލިން ފަސޭހަވީ މީހުންގެ ޖުމްލަ 2706 އަށް އަރާފައިވާ ކަމަށެވެ.
އެޗްޕީއޭ އިން ބުނީ މިއަދު އިތުރު 148 މީހަކު ކޮވިޑަށް ފައްސިވި ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 117 ދިވެހިންނާއި، ބަންގްލަދޭޝްގެ 22 މީހަކާއި، އިންޑިއާގެ ހަތް މީހަކާއި ނޭޕާލްގެ މީހަކާއި ޝީޝަލްސްގެ މީހެއް ކަމަށެވެ
މިއަދު ފައްސިވި މީހުންނާއެކު ރާއްޖޭއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ އަދަދު ވަނީ 4594 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން އަންނަނީ 1869 މީހުންނަށެވެ.
ރާއްޖެއިން ކޮވިޑް ޖެހިގެން މިހާތަނަށް ނިޔާވެފައި ވަނީ 19 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 13 ދިވެހީންނާއި، ހަ ބިދޭސީންނެވެ.
 
 
 
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
