ގަމު ހޮސްޕިޓަލްގެ ބޭނުމަކަށް އެ ރަށު އޭޓީއެމް ބަންދުކުރަނީ
ލ.ގަމު ރީޖަނަލް ހޮސްޕިޓަލްގެ ބޭނުމަކަށް އެ ރަށުގައި ހުންނަ އޭޓީއެމް ބަންދުކުރަން ނިންމައިފިއެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ގަމު ބުރާންޗު ހުންނަނީ ހޮސްޕިޓަލާއި އިންވެގެންނެވެ.
ގަމު ބުރާންޗުން ބުނީ ގަމު ރީޖަނަލް ހޮސްޕިޓަލުގެ ބޭނުމަކަށް އެ ބްރާންޗު ހުސްކުރަން އެދިފައިވުމާއެކު, 30 ސެޕްޓެމްބަރު 2022 އިން ފެށިގެން އެ ބްރާންޗުގެ ޚިދުމަތް ހުއްޓައިލާނެ ކަމަށެވެ.
ގަމު ބުރާންޗުން ވަނީ އެކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މަޢާފަށް ވެސް އެދިފައެވެ.
މި ތަނުގައި އޭޓީއެމް ބެހެއްޓުމަށް ދޫކުރެވިފައިވަނީ ވަގުތީ ގޮތުން، ނަމަވެސް ތަން ދޫކުރެވުނު ގޮތާއި ޚިލާފަށް މިތަން ބްރާންޗަކަށް ބަދަލު ކޮށް ތަން ހުސްކުރަން އެތަކެއް ފަހަރު އެންގުމުން ވެސް ބޭންކުން ވަނީ ތަން ހުސް ނުކޮށް އެއްވެސް ކުއްޔަށް ނުދައްކާ ތަންބޭނުން ކުރަމުން.