Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކުޑަހުވަދޫން ހައްޔަރުކުރި އެންމެން ދޫކޮށްލައިފި

ކުޑަހުވަދޫން ހައްޔަރުކުރި އެންމެން ދޫކޮށްލައިފި

ދ. ކުޑަހުވަދޫގައި މަންޓާ އެއާ ދެކޮޅަށް މުޒާހަރާކޮށް ހަމަނުޖެހުންތަކެއް ހިންގި މައްސަލާގައި އެ ރަށުން ހައްޔަރުކުރި އެންމެން ދޫކޮށްލައިފިއެވެ.

ކޯޓުން އެ އެންމެން އިއްޔެ ދޫކުރި އިރު، 14 މީހަކު ދޫކުރީ ޝަރުތުތަކެއް ވެސް ކޮށްފަ އެވެ. ކުޑަހުވަދޫ ހަމަނުޖެހުމާ ގުޅިގެން ޖުމްލަ 17 މީހަކު ހައްޔަރުކުރި އެވެ.

ކުޑަހުވަދޫގައި މަންޓާ އެއާ ދެކޮޅަށް މުޒާހަރާކޮށް، އެ އެއާލައިނުން ހިންގާ އެއާޕޯޓް ކައިރީގައި ބަޔަކު މުޒާހަރާކުރަން ފެށީ މިދިޔަ ހޯމަ ދުވަހުގެ ރޭގެ އިރާކޮޅުން ފެށިގެންނެވެ. ރައްޔިތުންގެ ކަންބޮޑުވުމަކަށްވީ ހާޓްއެޓޭކެއް ޖެހުނު މީހަކު މަންޓާ އެއާ އިން މާލެ ގެންދަން ދެކޮޅު ހެދުން ކަމަށް ބުނެފައިވެއެވެ.

Advertisement
Allied Insurance — Square (box)

މި މައްސަލަ ހޫނުވެ ސިލްސިލާ މުޒާހަރާތަކެއްކޮށްފައިވާ އިރު މައްސަލަ އިއްޔެ ރޭ ހައްލުވީ މަންޓާ އެއާ އިސްވެރިންގެ ޓީމެއް ކުޑަހުވަދު އަށް ގޮސް ރައްޔިތުންނާއި ކައުންސިލާ ބައްދަލުކުރުމުންނެވެ. އެގޮތުން ރައްޔިތުން ކުރި ޑިމާންޑާ އެއްގޮތަށް މަންޓާ އެއާ އިން ބަލި މީހުން އުފުލަން އެއްބަސްވެފައިވެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވެސް މިހާރު ވަނީ މަންޓާ އެއާގެ އިތުރުން ފްލައި މީއަށް ވެސް ބަލި މީހުން އުފެލޭނެ އިންތިޒާމުތައް ހަމަޖައްސަން ތިން މަހުގެ މުހުލަތެއް ދީފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް