Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
އިޖުތިމާޢީ

ޅ.އަތޮޅު ހޮސްޕިޓަލުގެ އިހުމާލުން މީހަކު މަރުވިކަމަށް ބުނާ މައްސަލަ ބަލަނީ

ޅ.އަތޮޅު ހޮސްޕިޓަލުގެ އިހުމާލުން މީހަކު މަރުވިކަމަށް ބުނާ މައްސަލަ ބަލަނީ

ޅ.އަތޮޅު ނައިފަރުގައި ހުންނަ އެ އަތޮޅުގެ އަތޮޅު ހޮސްޕިޓަލުގެ އިހުމާލުން މީހަކު މަރުވިކަމަށް ބުނާ މައްސަލައެއް ބަލަމުންދާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ހާޓް އެޓޭކެއް ޖެހިގެން އެ ހޮސްޕިޓަލަށް ގެންދިޔަ މީހަކަށް ފަރުވާދިނުން ލަސްވެގެން އޭނާ މަރުވިކަމަށް ބުނާ މައްސަލަ އިއްޔެ ވަނީ ފެންމަތިވެފައެވެ.

އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ ނައިފަރު, ހަވީރީހިޔާ އިޙްސާން ޢަލީ ނިޔާވުމާ ގުޅިގެން 5 އޮގަސްޓުގައި މީޑިއާއިން ޢާންމުކޮށްފައިވާ ރިޕޯޓުގައި އެ ހޮސްޕިޓަލުގެ އިހުމާލުތަކެއް ފާހަގަކޮށްފައިވާ ކަމަށެވެ. އެ ގޮތުން އިޙްސާން ނިޔާވި ދުވަހު ހޮސްޕިޓަލުން އަމަލުކޮށްފައިވާ ގޮތް ބަލައި, ހޮސްޕިޓަލުގެ އިހުމާލެއްވޭތޯ ބެލުމުގެ ފުރިހަމަ އިންކުއަރީއެއް ފަށާފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ފާހަގަކުރެވޭ ކަންކަމުގައި އަމަލުކުރާނެ ވަކި ގޮތެއް ބަލައި, އިހުމާލުވެފައިވާނަމަ އެކަމުގައި ފިޔަވަޅު އެޅުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ހުށަހަޅާނެކަމަށް ވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

Advertisement
HDC — Sidebar (box)

ހާޓް އެޓޭކެއް ޖެހިގެން އެ ހޮސްޕިޓަލަށް ގެންދިޔަ މީހަކަށް ފަރުވާދިނުން ލަސްވެގެން އޭނާ ނިޔާވިކަމަށް ބުނާ މައްސަލަ އިއްޔެ ވަނީ ފެންމަތިވެފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް