ރިޕޯޓް

ރާއްޖޭގައި އެންމެ ގިނަ ދިވެހިން ބޭނުންކުރާ 15 ސައިޓު ތަކުގެ ތެރޭގައި 5 ބަރަހަނާ ސައިޓު

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މި ޒަމާނަކީ މުސްލިމު މުޖުތަމަޢުތަކުގައިވެސް ފާފަތައް ގިނަވެ އާންމުވެފައިވާ ޒަމާނެކެވެ. ހުޅަނގުގެ ފިކުރީ އޮއެވަރުގައި ޖެހި ބައެއް ކަހަލަ ފާފަތައް މިވަނީ މުސްލިމުންގެ ލޯތަކާއި ސިކުނޑިތަކަށް ޢާންމުވެ އެއީ ގޯހެއް ނޫންކަމުގައި ޤަބޫލުކުރެވެން ފަށާފައެވެ.

Ads by Sosun Fihaara

އެގޮތުން ބަލާއިރު މި ޒަމާނުގައި ފާހިޝް ކަންތައްތަކަށް ހުރިހާ ދޮރެއް ވަނީ ހުޅުވާލެވިފައެވެ. ޝައިތާނާ ވަނީ އޭނާއާއި އޭނާގެ ބައިވެރިންގެ ވިސްނުމާއެކު ފާހިޝްކަންތައްތައް ކުރުމަށް ފަސޭހަ ވާނޭ ހުރިހާ އިންތިޒާމްތަކެއް ހަމަޖައްސައިދީފައެވެ. އޭނާގެ މަގަށް އައުރަ ކަޝްފު ކުރުމާއި ފާހިޝް މަޖައްލާތަކާއި ފިލްމްތައް މި ވަނީ އާންމު ކުރުވާފައެވެ. މިއީ ޒިނޭއަށާއި ފާހިޝް ކަންތައްތަކަށް މަގު ފަހިވާން އޮތް މަގުތަކެވެ.

ޒިނޭއަށް މަގު ފަހިވާ އެންމެ ބޮޑު އެއް ސަބަބަކީ ބަރަހަނާ މަންޒަރުތަކާއި ވީޑިއޯތައް ބެލުމެވެ. ބޭނުން މީހަކު ބޭނުން ވަގުތެއްގައި ބަރަހަނާ މަންޒަރުތައް ބަލާ ، ''ލޮލުގެ ޒިނޭ'' ކުރުމުގެ ފުރުސަތު މިއަދު ކޮންމެ މީހެއްގެ އަތުގައި އޮވެއެވެ.

މިފަދައިން ލޮލުގެ ޒިނޭއަށް ހުޅުވިފައިވާ ފުރުސަތުތަކާއެކު ދިވެހި ރާއްޖޭގައި ބަރަހަނާ މަންޒަރު ބަލާ މިންވަރު މިވަނީ ހައިރާންވެ ލަދު ގަންނަން ޖެހޭ މިންވަރަށް އިތުރުވެފައެވެ.

އެކި ގައުމުތަކުގައި ވެބްސައިޓްތައް ބޭނުންކުރާ މިންވަރު ބަލާ ވެބްސައިޓެއް ކަމަށްވާ ސިމިލާ ވެބްސްއިން އެންމެ ފަހުން އާންމުކުރި ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖޭގައި އެންމެ ގިނައިން ބޭނުން ކުރި 15 ވެބްސައިޓުގެ ތެރޭގައި މިފަދަ ބަރަހަނާ 5 ވެބްސައިޓެއް ހިމެނެއެވެ. ސިމިލާ ވެބްސްގެ މި ހިސާބުތަކަށް ބަލާއިރު ބަރަހަނާ ސައިޓްތަކަށް މި ކުޑަކުޑަ ދިވެހިރާއްޖެއިން ދުވާލަކު މިލިއަނަކަށްވުރެ ގިނަ ވިއުސް ލިބިފައިވެއެވެ.

ސައިންސްވެރީން ހާމަކޮށްފައިވާ ގޮތުގައި ބަރަހަނާ މަންޒަރު ބެލުމަކީ އެކަމަށް ދެވި ހިފާ ބައްޔެކެވެ. އަދި އޭގެ ސަބަބުން ސިކުނޑިއަށް ނޭދެވޭ އަސަރުކޮށް ސިކުނޑީގެ ސެލްތަކަށް އަސަރު ކުރާ ކަމެއް ކަމަށް ސައިންސްވެރީން ހާމަކޮށްފައިވެއެވެ.

ﷲ ތަޢާލާ އިންސާނުންނަށް ދެއްވާފައިވާ ކޮންމެ ނިޢުމަތަކީ އެނިޢުމަތަކާއި މެދު ސުވާލު ކުރެވޭނެ ނިޢުމަތަކަށް ވީހިނދު އަދި ކޮންމެ ނިޢުމަތެއް ބޭނުން ކުރާ ގޮތް އެކަލާނގެ ދެނެވޮޑިގެން،ބައްލަވާ ވޮޑިގެން ވާއިރު އަހަރެމެންގެ އަތްފަޔާއި ލޮލުން ކުރެވޭ މިފަދަ ކަންކަމާއި މެދު ފުންކޮށް ވިސްނުން ހުއްޓެވެ. އެކަލާނގެ އަށް ވަންހަނާ ވާނެ ކަމެއް އޮންނާނެ ހެއްޔެވެ؟

ހިތާމަ ހުއްޓެވެ. ލަދުވެތިކަން ހުއްޓެވެ. ﷲ ދެއްވި ރިޒުޤުން ކައިބޮއެގެން އެއިލާހުގެ ރިޒުޤުން ވަޞީލަތްތައް ހޯދައިގެން މި ކުރެވެނީ ކިހާބޮޑު ފާފައެއްތޯއެވެ. ސިއްރުން ބަރަހަނާ މަންޒަރު ބަލާއިރު ޢަމަލުތަކުގެ ފަތްތަކުގައި އެކަން ލިޔުއްވަމުންދާ ކަމާއި މެދު ޣާފިލް ވަނީތޯއެވެ.

Ads by HDC
  1. މިއާ ޙަލީފާ

    ކަލޯގަޔާ!

  2. އައި ޓީ ގައި

    ދިވެހި ރާއްޖޭގެ އިންޓަނެޓް ސަރވިސް ޕްރޮވައިޑާ ތަކުން ޕޯރން ސައިޓުތައް ބުލޮކް ކުރަންވީ. ތި ވަބާގަ ކުޑަކުދިންވެސް ޖެހޭޭ. 🙁

  3. މަލްސާ

    މުސްލިމު ގައުމުގައި މިފަދަ ސައިޓްތައް ބަންދުކުރޭ! ާދުންފަތް ވެސް އަގުބޮޑު ކުރީނު . މީ މުޖުތަމައު ފަސާދަ ކުރާ ފާފައަށް ހުޅުވިފަވަާ ދޮރެއް