ޚަބަރު

އަލްމަގިރިއާއެކު އެއް ޖިންސުން ގުޅުން ހިންގައިގެން18 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރާ އެކީ އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި 18 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

Ads by MWSC

ފުލުހުން މިއަދު ބުނީ އަލަމްގީރާ އެކީ އެއް ޖިންސުން ގުޅުން ހިންގި މައްސަލައާ ގުޅިގެން 18 މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އަލަމްގީރްއާ އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް ސޯޝަލްމީޑިއާގައި މިފަހުން ލީކްވާން ފެށިއިރު އޭނާއާއެކު އެއްޖިންސުން ގުޅުންހިންގި މީހުންގެ އަދަދު 250 އަރާކަމަށް މައުލޫމާތު ލިބެ އެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަަލައިގައި ހަތަރު މީހަކު މިވަގުތު ތިބީ ފުލުހުންގެ ހައްޔަރުގަ އެވެ. އެއީ ނާޒިމް ސައްތާރާއި މުހައްމަދު ނަޝީދު (ކާނަލް)، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ގައި މަސައްކަތްކުރި ސާޖަންޓް އަބްދުއްރަހުމާން ރަފީއު އަދި ނޫސްވެރިޔާ އަބްދުﷲ ނަސީރުއެވެ.

މީގެއިތުރުން އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ގިނަ ބަޔަކު ވަނީ އެމީހުންގެ މަގާމުތަކުން ސަސްޕެންޑްވެސް ކޮށްފައެވެ. އެހެންނަމަވެސް އިތުރު ބަޔަކު ހައްޔަރު ކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައެއް ނުވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!