Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އަނެއްކާ ވެސް ތުލުސްދޫގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް: މި ފަހަރު އަންހެނުންނަށް ޚާއްސަކޮށްގެން

އަނެއްކާ ވެސް ތުލުސްދޫގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް:  މި ފަހަރު އަންހެނުންނަށް ޚާއްސަކޮށްގެން

ތުލުސްދޫ އަންހެނުންނަށް ޚާއްސަކޮށްގެން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.

މޮމްސް ޖަމްޢިއްޔާއާއި, ތުލުސްދޫ ކައުންސިލާއި, އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ބައިވެރިންނަށް މަޢުލޫމާތު ދެއްވީ އަންހެނުންގެ ބަލިތަކުގެ ޚާއްސަ ޑޮކްޓަރެއްކަމަށްވާ, ޑރ.އާމިނަތު ނުސްރާއެވެ.

<img class="alignnone size-medium wp-image-160322" src="https://cdn.dhen.mv/wp-content/uploads/2022/08/IMG-20220813-WA0005-225x300.jpg" alt="" width="225" height="300" /> <img class="alignnone size-medium wp-image-160323" src="https://cdn.dhen.mv/wp-content/uploads/2022/08/IMG-20220813-WA0003-300x225.jpg" alt="" width="300" height="225" />

Advertisement
Ooredoo — Square (box)

އެ ގޮތުން ނުސްރާ ވަނީ ދޭތެރެ ދުރުކުރުމަށް ބޭނުންކުރާ އެކި ވަސީލަތްތަކާއި, އެ ވަސީލަތްތަށް ބޭނުންކުރާނެ އެކަށޭނަ ހާލަތްތަކާއި, އޭގެ ރައްކާތެރިކަމާގުޅޭ ގޮތުން މަޢުލޫމާތު ހިއްސާކުރައްވައިފައެވެ. އަދި އުފާވެރި, ހަމަޖެހޭ ދިރިއުޅުމެއްގައި ޢާއިލާ ރޭވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ.

އޭގެ އިތުރުން ދިރިއުޅުމުގައި ދަރިންނަށް ވަގުތު ދިނުމާއި, ދެމަފިރިން އެކަކު އަނެކަކަށް ވަގުތު ދިނުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އަލިއަޅުއްވައިލެއްވިއެވެ.

މިފަދަ ޕްރޮގްރާމުތަކުގެ މުހިންމުކަން ފާހަގަކުރައްވައި ޑރ.ނުސްރާ ވިދާޅުވީ މިފަދަ ޕްރޮގްރާމްތަކާއި, މިފަދަ އެހެންކަންކަމުގައި ތަޖުރިބާކާރުންގެ ތަޖުރިބާ ހިއްސާ ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މޮމްސް ޖަމިއްޔާގެ ފަރާތުން އިސްނަގައިގެން މިފަދަ ޕްރޮގްރާމްތައް ހިންގާތީ ޑރ.ނުސްރާގެ ވާހަކައިގައި ވަަނީ އެކަން ވެސް ފާހަގަކުރައްވައިފައެވެ.

ތުލުސްދޫގެ ގިނަ ޢަދަދެއްގެ އަންހެނުން ބައިވެރިވި މި ޕްރޮގްރާމް ނިންމައިލުމަށްފަހު, ޑރ.ނުސްރާ ވަނީ ޕްރޮގްރާމްގެ ބައިވެރިންގެ ސުވާލުތަކަށް ޖަވާބު ވެސް ދެއްވައިފައެވެ.

<img class="alignnone size-medium wp-image-160324" src="https://cdn.dhen.mv/wp-content/uploads/2022/08/IMG-20220813-WA0006-300x225.jpg" alt="" width="300" height="225" /> <img class="alignnone size-medium wp-image-160325" src="https://cdn.dhen.mv/wp-content/uploads/2022/08/IMG-20220813-WA0002-300x225.jpg" alt="" width="300" height="225" />

މޯލްޑިވްސް ފެމިލީ ފައުންޑޭޝަނާއި, މާލެ އަތޮޅު އަތޮޅު ކައުންސިލް އިދާރާއާއި, ތުލުސްދޫ ކައުންސިލާއި, ތުލުސްދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ތުލުސްދޫގައި އިއްޔެ ވަނީ " މިންތީގެ ތަފާތުކުރުން ނައްތާލުން" މި ނަމުގައި ވެސް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. އެ ޕްރޮގްރާމުގައި މިންތީގެ ތަފާތުކުރުންތަކާއި, އެ ތަފާތުކުރުންތައް ނައްތައިލެވިދާނެ ގޮތްތަކާ ބެހޭ ގޮތުން މަޢުލޫމާތު ދެއްވިއެވެ.

ތުލުސްދޫގެ ރައްޔިތުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ އެ ޕްރޮގްރާމްގައި ތުލުސްދޫ ކައުންސިލް މެންބަރުންނާއި, އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައެއް މެންބަރުންނާއި, ރަށުގެ މުއައްސަސާތަކުގެ މުވައްޒަފުންނާއި, ގިނަ ޢަދަދެއްގެ ޢާންމު ރައްޔިތުން ބައިވެރިވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް