ޒިނޭއާއި ލިވާތުކުރަނީ ދެ މީހުން ރުހިގެން, އެކަމުން މުޖުތަމަޢުއަށް ނުރައްކަލެއް ނެތް: އިބްރާ
ޒިނޭއާއި ލިވާތަކީ ދެ މީހަކު, ނުވަތަ އެއަށްވުރެ ގިނަ މީހުން ރުހުމުގައި އެކަހެރިވެގެން ތިބެ ކުރާކަމެއް ކަމަށާއި, އެކަމުގެ ނުރައްކަލެއް އެހެން މީހަކަށް ނެތްކަމަށް އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާޢީލް (އިބްރާ) ވިދާޅުވެއްޖެއެވެ.
އިބްރާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޒިނޭއާއި ލިވާތުކުރުމަކީ ކުށެއް ކަމަށެވެ. ނަމަވެސް އެ ކުށަކީ ދެ މީހަކު, ނުވަތަ އެއަށްވުރެ ގިނަ މީހުން ރުހުމުގައި އެކަހެރިވެގެން ތިބެ ކުރި ކަމެއް ކަމަށާއި, އެކަމަކުން އެހެން މީހެއްގެ ފުރާނައަށް, ޖިސްމަށް, މުދަލަށް ނުރައްކަލެއް ނެތް ކަމަށެވެ. އަދި އެހެން މީހެއްގެ މިނިވަންކަމަށް ހުރަހެއް ނޭޅޭ ކަމަށެވެ.
އިބްރާ މިހެން ވިދާޅުވީ ބަންގްލަދޭޝްގެ އެމްޑީ އަލަމްގިިރިއާއެކު ލިވާތުކުރިކަމަށް ތުހުމަތުކުރެވޭ މީހުން ދޫކޮށްލާފައިވާތީ ބައެއް މީހުން ނުރުހުން ފާޅުކުރަން ފެށުމުންނެވެ.
އިބްރާ ވިދާޅުވީ އެކަމަށް ތުހުމަތުކުރެވޭ މީހުންގެ ތަޙްޤީޤު ނިމުނީމަ ޝަރީޢަތުން ޙުކުމެއް ނެތްހައި ހިނދަކު ބަންދުކޮށްފައި ނުބޭތިއްބޭނެ ކަމަށެވެ.
ނަމަވެސް މިއާ ޚިލާފަށް ޔޯގާ މައްސަލައަކީ އެހެން ބައެއްގެ މިނިވަންކަމަށް ހުރަސްއަޅައި ޖިސްމަށް އަނިޔާދޭނެކަމުގެ ޢަމަލުތަކެއް ހިމެނޭ ގޮތުން ޢާންމު ތަނެއްގައި ހިންގި ޓެރަރިޒަމްގެ ޢަމަލެއް ކަމަށެވެ. އަދި އެ މައްސަލައިގައި ކުށުގެ ވެށިން ހައްޔަރުކުރި މީހުން އެބަތިބި ކަމަށާއި އެހެންކަމަށްވަންޏާ އެ މީހުން ދޫކޮށްފައި ބޭތިއްބުމަކީ އެހެން މީހުންނަށް އޮތް ނުރައްކަލެއް ކަމަށެވެ.
މީގެ ދެ ދުވަހެއް ކުރިން އިބްރާ ވަނީ ހައްލަކީ އިސްލާމީ ޝަރީޢަތް ޤާއިމުކުރުމެއް ނޫން ކަމަށް ވެސް ވިދާޅުވެފައެވެ.
ކޮބާ ނުރައްކާ ނުވެފަ. ތިޔަ ކުރާ ނުބައި ކަންތައްތައް ކޮށްގެން ފާޑު ފާޑު ބަލި ފެތުރި އެ ކަންތައްތައް ނުކުރާ މީހުންނަށް ޖެހުނީމަ އެއަށް ކިޔަނީ މުޖުތަމައުއަށް ކީއްވަނީއޭ
އަސްލ ވާގޮޮތަކ އިބުރާމެން ވަރަށް ރުޅިއަންނާނެ އިސްލާމްދީންދެކެެ ވީމާ ހުންނާނީ އަބަދުވެސް ދަނޑިވަޅެއް ބަލަބަލާ ދީނާ ދެކޮޅުވާނެ.. ނޭނގިގެނެއްވެސްނޫން ހަމަ ޖަދަލު ކޮށް ފުރަސްސާރަ ކުރަން.. ދުނިޔޭގައި ތިބިބަޔަކަށް ފެންނާނެ މިކަހަލަ މީހުން ނިމިގެން ދާ ހިތިގޮތް..
ކޮބާތަ ގަަައުމުގެ އިލްމު ވެރިން.. ގައުމުގެ ވެރިން ގަަަައުމު ހަލާކު ގެ ތެރެއަށް އެއްލާލައިފި
ތިގޭގައިއުޅެނީއިސްލާމްދީނައްހާދަނުރުހޭމީހުންނޭ އެއީކީއްވެ؟
ސުބުޙާނަﷲ މީހާދަހާވާ ނުލަފާ މީހެކޭ ﷲ ނަހީކުރެއްވި ކަމެއް ދެމީހުން ރުހުނަސް އަދި ރައީސްމީހާއާ މަޖްލިސް ރައީސްމީހާ ރުހިގެން ކުރިޔަސް އެކަމުން މުޖުތަމަޢުއަށްް ނުރައް ކަލެއް ނެތޭ ބުނާއިރު ﷲގެ ކޯފާއަށް ބިރެއް ނުގަނޭ މިހިރީ މިބައިގަނޑު އިސްލާމް ދީނާ ނުރުހޭ މިންވަރު.
މިރޑ މީ ދަންޖައްސަން ޖެހޭ މީހެއް.ބޯގަންވިލާގައި ދީން ޤަބޫލު ކުރާ މީހުން މަދުވާނެ.ޕީޖީ ވެސް ދަރިވަރުވީ އެގެއިން.
އެކަން ނުކުރާންވި ސަބަބަކީއެކަމަކީ ﷲ ހަރާމް ކުރައްވާފައިވާ ކަމަކަށްވާތީ !
މީނާ މިވަނީ ހައްދު ފަހަނަ އަޅާފަ.މީނާހައްޔަރު ކުރޭ.
ކީރިތިﷲ އެންމެ ބޮޑު ޢުޤޫބާތެއް ގައްމަކަށް ދެއްވި ލިވާތު ކުރުން ދެމީހަކު ބޭނުން ވާއިރަކަށް އިބްރާ ބޭނުންވާ އިރަކަށް މިގައމަކު ނުކުރެވޭނެ! މޮޔަވެގެން ތިތެޅެނީ ކީއްވެ؟ ލިވާތު ބާގައިގެ މީހުން ދޫކުރާ ސުލޯލިހަށް އެކަމުގެ ހިތި ލަހެއް ނުވެ ދައްކަވާނެ.
ހޯމް މިނިސްޓަރަށްވެސް ބޮޑުވީ ފާޙިޝް ވީޑިއޯ ފަތުރާމީހުންގެ މައްސަލަ އެކަނި ،، ލިވާތީންތައް މުޖްތަމަޢު ތެރެއަށް ދޫވެފައި ތިބުން ވަރިހަމަ ކޮށްގެން އެތިބެނީ ހަމަ މަގާމަށްޓަކާ،، ހެޔޮނުވާނެ ޢިލްމުވެރިން އެގޮތަށް ދުނިޔެއިން ލިބޭ މަދު އެތިކޮޅަކަށްޓަކައި ތިމާގެ އާޚިރަތް ތިމާގެ އަމިއްލަ އަތުން ހަލާކުކޮށްލަން،، އިމްރާނަށް ހެޔޮ ވިސްނުން ދެއްވާށި.
މި ސައިތޯނުތަށް ޤައުމު ހަލާކުކޮށް ފިޔޭ
މުޖުތަމަޢުއަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ﷲގެ ކޯފާ! މިކަމުން ސަލާމަތް ކޮށްދެވޭނެބާ ތިޔަބުނާ އިބުރާ އަށް؟ ﷲ ދެއްވީމަ ކައިގެން ބޮއެގެން އެކަލާނގެ ދެއްވި ނިޢުމަތުގެ ތެރޭގާ ހުރެގެން ތިޔަކަހަލަ ވާހަކަ ދައްކަން ކޮބާ ކަލޭގެ ލަދުހަޔާތް؟