ޚަބަރު އިޖުތިމާޢީ

ޕާސްޕޯޓު ހެދުމުގެ ޚިދުމަތް މެދުކެނޑިއްޖެ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މޯލްޑިވްސް އިމިގުރޭޝަންގެ މުވައްޒަފުން މަސައްކަތުގައި. ފޮޓޯ: ޕީއެސްއެމް

ޕާސްޕޯޓު ހެދުމުގެ ޚިދުމަތް މެދުކެނޑިއްޖެއެވެ.

Ads by STELCO

އިމިގުރޭޝަނުން ދެންމެ ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ޕާސްޕޯޓުގެ ޚިދުމަތް މި ވަގުތު މެދުކެނޑިފައިވާ ކަމަށެވެ.

މި މައްސަލަ ހައްލުކޮށް ޚިދުމަތް އަލުން ދޭން ފެށޭނެކަމަށް ލަފާކުރެވެނީ މިއަދު މެންދުރު 12:00 ން ފެށިގެންކަމަށް ވެސް އިމިގުރޭޝަނުން ބުންޏެވެ.

އިމިގުރޭޝަނުން ވަނީ މިކަމާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފައެވެ.

ޕާސްޕޯޓު ހެދުމުގެ ޚިދުމަތް މެދުކެނޑުމަށް ދިމާވި މައްސަލައިގެ އިތުރު ތަފްސީލެއް އިމިގުރޭޝަނުން ހިއްސާއެއް ނުކުރެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!