ޚަބަރު އިޖުތިމާޢީ

2018 ގެ ފަހުން ދީނަށް ފުރައްސާރަކޮށްގެން ހުށަހެޅި މައްސަލަތައް އިތުރުވެއްޖެ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މިނިސްޓަރ އިމްރާން، ޕޮލިސް ކޮމިޝަނަރއާއެކު.. ފޮޓޯ/ވަން

އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްގެން ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތައް 2018 އިން ފެށިގެން އިތުރުވެއްޖެއެވެ.

Ads by Sosun Fihaara

ފުލުުހުން ''ދިޔަރެސް'' އާ ހިއްސާކުރި ތަފާސހިސާބުތަކުގައިވާ ގޮތުން 2013 ވަނަ އަހަރުން ފެށިގެން މިދިޔަ މާޗުގެ ނިޔަލަށް ހުށަހެޅުނީ އެފަދަ 61 މައްސަލައެވެ. އޭގެތެރެއިން 40 މައްސަލައަކީ 2018 އިން ފެށިގެން މި އަހަރުގެ މާޗުގެ ނިޔަލަށް ހުށަހެޅި މައްސަލައެވެ.

އެންމެ ގިނަ މައްސަލަ ހުށަހެޅީ 2019 ގައިކަމަށްވާއިރު, އެ އަހަރު 13 މައްސަލައެއް ހުށަހެޅި ކަމަށާއި 12 މައްސަލަ ތަޙްޤީޤުކޮށްފައިވާކަމަށް ފުލުހުންގެ ހިސާބުތަކުގައިވެއެވެ. އަދި މިދިޔަ 09 އަހަރުގައި ތަޙްޤީޤުކުރެވުނީ އެފަދަ 45 މައްސަލަ ކަމަށާއި, ނަމަވެސް ހައްޔަރުކުރީ އެންމެ 05 މީހުންކަމަށް ވެސް ހިސާބުތަކުގައިވެއެވެ.

މި ވެރިކަން އައިފަހުން ދީނަށް ފުރައްސާރަކުރުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ. އަދި އެފަދަ އަމަލުތައް ހިންގާ މީހުންނަށް ފިޔަވަޅެއް ނާޅާކަން ވެސް ފާހަގަކޮށްލެވެއެވެ.

Ads by Allied Insurance
  1. ސަންފަ

    ޢެއީ މިސަރުކާރުން ރުހިގެން ހިންގާ ބޮޑު ޖަރީމާއެއް. އަދިވެސް ބައެއް މީހުން ބުނާނެ
    ޢިބޫ ސާލިހަކީ.މާތް މީހެކޭ. ޢަންނިއާ އިބޫއަކީ ހަމަ އެއްހަމައިގެ ދެމީހުން ތަފާތަކީ އިބޫގެ ވާހަކަ މަދީ . ދަންނަ މީހުން އެބުނަނީ ވެރި ކަމަށް ކުރިމަތި ލުމުގެ ކުރިން މިސްކިތަކީ އެކަލޭގެ ދަންނަ ތަނެއްވެސް ނޫނޭ.