ބަރުލަމާނީ ނިޒާމު ގެނެސްފިނަމަ, ސަރުކާރު އަވަސް އަވަހަށް ބަދަލުވެ, ރައްޔިތުން ހާލުގައި ޖެހޭނެ: އިމްރާން
ރާއްޖޭގެ ވެރިކަމުގެ ނިޒާމުގެ ބަހުސްއެއް ހިނގަމުންދާ މި ދަނޑިވަޅުގައި, އަދާލަތު ޕާޓީގެ ސްޓޭންޑް ހާމަކޮށް, ބަރުލަމާނީ ނިޒާމު އެކަށީގެން ނުވާ ކަމަށް އަދާލަތު ޕާޓީގެ ރައީސް, މި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ގާނޫނުއަސާސީ އަށް ގެންނަން ފެނިވަޑައިގަންނަވާ އިސްލާހުތަކާ އެކު އެމްޑީޕީގެ ކޮންގްރެސްއަށް އެ ޕާޓީގެ ރައީސް ވަނީ އިސްލާޙެއް ހުށަހަޅުއްވާފައެވެ. އަދި އެ އިސްލާޙްތަކާއި ގުޅޭ ގޮތުން މިއަދު ވަނީ ނޫސްވެރިންނާ ވެސް ބައްދަލު ކުރައްވާފައެވެ.
ބަރުލަމާނީ ނިޒާމުގެ ބަހުސް ގަދަވެފައިވަނިކޮށް, މިއަދު އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ, ރާއްޖޭގެ މިއަދުގެ ހާލަތުގައި ބަރުލަމާނީ ނިޒާމު ގެނެސްފި ނަމަ ސިޔާސީ ހަމަޖެހުން ގެއްލި އަވަސްއަވަހަށް ސަރުކާރު ބަދަލުވެ ރައްޔިތުން ބައިބައިވެ ހާލުގައި ޖެހުން ނޫން ކަމެއް ނުވާނެ ކަމަށެވެ.
”ބަރުލަމާނީ ނިޒާމަކީ މި ރާއްޖެއަށް އެކަށިގެންވާ ނިޒާމެއް ނޫން. ރާއްޖޭގެ މިއަދުގެ ހާލަތުގައި ބަރުލަމާނީ ނިޒާމް ގެނެސްފިނަމަ ސިޔާސީ ހަމަޖެހުން ގެއްލި އަވަސް އަވަހަށް ސަރުކާރު ބަދަލުވެ, ރައްޔިތުން ބައިބައިވެ, ރައްޔިތުން ހާލުގައި ޖެހުން ފިޔަވާ އިތުުރު ކަމެއް ނުވާނެ” އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
ސީޝެލް އަށް ދިޔަމީހާ ފޮރިން ފަންޑިން ހޯދައިގެން ބަރުލަމާނީ ހަދަން އެހުރީ ނިކުމެފައި، ހުޅަގުން ދޭފައިސާ ވީމާ އެމީހުން ރުއްސަން ބަރުލަމާނީވެސް ގެންނަންޖެހޭ މިތަނަށް،