އޯލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި

އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފިއެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން (ޑީޕީއޭ) އިން ބުނީ މިއަދު 12:00 އިން ފެށިގެން އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށާފައިވާ ކަމަށެވެ.
ނަތީޖާ ދޫކުރާނީ އެ ދަރިވަރަކު އިމްތިހާނު ހެދި ސެންޓަރަކުންނެވެ. އިމްތިހާނުގެ ނަތީޖާގައި މައްސަލައެއް އޮތް ކަން ފާހަގަވާނަމަ, މި މަހުގެ 21 އިން އަންނަ މަހުގެ އެއްވަނަ ދުވަހާ ހަމައަށް އެ މައްސަލަތައް ހުށަހެޅޭނެކަމަށް ޑީޕީއޭއިން ބުންޏެވެ.
މި އަހަރުގެ އޯލެވެލް އިމްތިހާނުގައި 236 ސެންޓަރަކުން 5,936 ދަރިވަރުން ބައިވެރިވިއިރު, އެސްއެސްސީ އިމްތިހާނުގައި 233 ސެންޓަރަކުން 5,640 ދަރިވަރުން ބައިވެރިވިއެވެ.