ނޭވާ ހޮޅިން ވައްކަން ކުރުން: އަމީނުގެ މައްސަލަ ފައިލްކޮށްފި
ކޮވިޑާ ގުޅިގެން ވެންޓިލޭޓަރު ގަތުމުގައި ހެލްތު މިނިސްޓްރީން ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ ތަޙްޤީޤުކުރުމަށްފަހު ކުރީގެ ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީންގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ފައިލްކޮށްފިއެވެ.
އޭސީސީން އެ ގޮތަށް ނިންމާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް ސަރުކާރުން ފައިސާ ދޫކުރި މައްސަލަ ތަޙްޤީޤުކުރުމަށްފަހު, ކުރީގެ ހެލްތު މިނިސްޓަރު އަމީން ހިމެނޭހެން ހެލްތު މިނިސްޓްރީގެ 11 މުވައްޒަފުންގެ މައްޗަށް ދަޢުވާކުރުމަށް އެދި އޭސީސީން ޕީޖީއަށް ފުރަތަމަ ފޮނުވީ 2020 ވަނަ އަހަރުގެ އޮކްޓޫބަރު 14 ގައެވެ.
އޭގެ ފަހުން ވެސް ޕީޖީ އޮފީހަށް މައްސަލަ ފޮނުވުމުން, މައްސަލަ ސާބިތު ކުރެވޭވަރަށް ހެކި ނެތްކަމަށް ވިދާޅުވެ ޕްރޮސެކިއުޓާރ ޖެނެރަލް ޙުސައިން ޝަމީމް ވަނީ ދަޢުވާކުރަން ދެކޮޅު ހައްދަވައިފައެވެ.
ޕީޖީ އޮފީހުން އެންގި ކަންކަން ފުރިހަމަކުރުމަށްފަހު މިދިޔަ އަހަރުގެ އޮކްޓޫބަރު 31 ވަނަ ދުވަހުގައި އޭސީސީން ވަނީ މައްސަލައިގައި ދަޢުވާކުރަން ތިންވަނަ ފަހަރަށް ޕީޖީއަށް ފޮނުވައިފައެވެ. އެފަހަރު ފޮނުވީ އިތުރު ދަޢުވާތަކެއް ކޮށްދިނުމަށް ވެސް އެދިފައެވެ. ނަމަވެސް ޕީޖީން މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވައިލީއެވެ.
އޭސީސީގެ އޮފިޝަލަކު މިއަދު ''ދެން'' އަށް ވިދާޅުވީ އެއިން ކޮންމެ ފަހަރަކު ވެސް ޕީޖީން މައްސަލަ އަނބުރާ ފޮނުވާލައިފައިވާތީ އަމީނާއި އިތުރު 08 މީހެއްގެ މައްސަލަ މިހާރު ފައިލްކޮށްފައިވާ ކަމަށެވެ. އަދި 03 މީހެއްގެ މައްސަލައިގައި މަޝްވަރާކޮށްގެން ދަޢުވާކުރުމާމެދު ގޮތްތަކެއް ހޯދަމުންދާ ކަމަށެވެ.
ދައުވާ ނުކުރެވޭނެތާ. ދައުވާކުރާނަމަ ފުރަތަމަ ދައުވާ ކުރަން ޖެހޭނީ މާލިއްޔަތު ޤާނޫނާ، އުޞޫލުތަކާ ޚިލާފަށް ފައިސާ ދޫކުރި ފިނޭސް މިނިސްޓަރ އަމީރަށް ވިއްޔާ ކިހިނެއް ދެން ދައުވާ ކުރާނީ.
ދައުލަތުގެ ދަރަނި ބޮޑުވާ ސަބަބު :
1/ ދައުލަތަށް އާމްދަނީ ލިބޭވަރަށް ވުރެން އިތުރަށް ހަރަދުކުރުން .
2/ ރިބާ ލޯނުގެ ދަރަނި ދައުލަތުން ނެގުން ،އިސްރާފު ކުރުން.
3/ ދައުލަތުގެ މުދާ މެނޭޖް ކުރަން ނޭގުން
4/ ދައުލަތުގެ މުދާ ރަގަޅަށް އިންވެސްޓް ކޮށްގެން އާމްދަނީ ހޯދަން ނޭގުން
5/ ދައުލަތުގެ މާލިއްޔަތުން ސިޔާސީ ވަފާތެރި ކެހިވެރިން ވައްކަން ކުރުން .