Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ރައްޔިތުންގެ މަޖިލިސް

ލިވާތުކުރި މައްސަލައިގައި ނާޒިމާއި އަލަމްގިރިއާއި އިތުރު ދެ މީހެއްގެ މައްޗަށް ދަޢުވާ އުފުލައިފި

ލިވާތުކުރި މައްސަލައިގައި ނާޒިމާއި އަލަމްގިރިއާއި އިތުރު ދެ މީހެއްގެ މައްޗަށް ދަޢުވާ އުފުލައިފި

ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރިއާއާއެކު އެއް ޖިންސުން ގުޅުން ހިންގި (ލިވާތުކުރުން) މައްސަލައިގައި އޭނާ ހިމެނޭހެން 04 މީހެއްގެ މައްޗަށް ދަޢުވާކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މިއަދު ބުނީ ބަނގްލަދޭޝް ރައްޔިތަކާއި، އިތުރު ބަޔަކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގިކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި ހަތަރު މީހެއްގެ މައްޗަށް ދަޢުވާކުރަން މި މަހުގެ 18 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މީހުންގެ މައްޗަށް ކޮށްފައިވަނީ
އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ދަޢުވާއެވެ.

އެ ހަތަރު މީހުންނަކީ އެމްޑީ އަލަމްގީރާއި, ނާޒިމް ޢަބްދުއްސައްތާރާއި, ފުލުހުންގެ ޑްރަގް އެންފޯސްމަންޓްގައި މަސައްކަތް ކުރަމުންދިޔަ ޢަބްދުއްރަޙްމާން ރަފީޤް (ދޮން ދިގު) އާއި, ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދެވެ.

Advertisement
Ooredoo — Square (box)

މި މައްސަލައިގައި މި އެންމެން ހައްޔަރުކުރިއެވެ. އަލަމްގީރު ފިޔަވައި ދެން ތިބި މީހުން މިހާރު ވަނީ ބަންދުން ދޫކޮށްލައިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް