ޚަބަރު

ޢަލީ ޞާލިޙަށް ހަމަލާދިނީ ސަލްމާނު މިސްކިތުގައި ހަމަނުޖެހުން ހިންގި މީހާ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ކިންގް ސަލްމާނު މިސްކިތުގައި ހަމަނުޖެހުން ހިންގި މީހާ އެ ދުވަހު ހައްޔަރުކޮށްގެން ގެންދަނީ

ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަލީ ޞާލިޙަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައިގައި ހައްޔަރުކުރީ މީގެ ދުވަސްކޮޅެއް ކުރިން ކިންގް ސަލްމާނު މިސްކިތުގައި ހަމަނުޖެހުން ހިންގި މީހާކަން ކަށަވަރުވެއްޖެއެވެ.

Ads by STELCO

މިއަދު މެންދުރުފަހު 13:30 ހާއިރު ހުޅުމާލޭގައި ހުންނަ ސޮނީ ހާޑްވެއާ ފިހާރަ ކައިރިން ސައިކަލުގައި ދަނިކޮށް ޢަލީ ޞާލިޙަށް ހަމަލާދިނީ ކަޓަރަކުންނެވެ.

ސައިކަލެއްގައި އައި އެ މީހާ އުޅުނީ ޢަލީ ޞާލިޙްގެ ކަރަށް ހަމަލާދޭށެވެ. ނަމަވެސް އެ ވަގުތު އަތް ނެގުމުން ކަޓަރު އެޅިފައިވަނީ ޢަލީ ޞާލިޙްގެ އަތުގައެވެ. ލިބުނު ޒަޚަމްތަކަށް އޭނާ ވަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވައިފައެވެ.

މި މައްސަލައިގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި މައްސަލަ ތަޙްޤީޤުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި ހައްޔަރުކުރީ ޢުމުރުން 43 އަަހަރުގެ މީހެކެވެ. އޭނާއަކީ މިދިޔަ ޖުލައި 01 ވަނަ ދުވަހު ހުކުރު ނަމާދު ވަގުތު ސަލްމާން މިސްކިތުގެ މިންބަރަށް އަރައި އަޑުގަދަކުރި މީހެކެވެ. އެ ގޮތުން އެ ދުވަހު އޭނާ ހައްޔަރުކުރިއެވެ. ހައްޔަރުކުރިތާ މާގިނައިރެއް ނުވަނީސް, އޭނާގެ ޢާއިލާއާއި އޭނާ ހަވާލުކުރިއެވެ. އެއީ ނަފްސާނީ ބަލި ހުންނަ މީހެއްކަމަށް ބުނެފައެވެ.

Ads by HDC
  1. އަހުމަދު

    ދިވެހި ފުލުހުންގެ ޚިދުމަތް ވާކޮށްލާފާ އޮތުމުގެ ނަތީޖާ މިދަނީ ފެންނަމުން. މިކަހަލަ ކަންކަމެއް ނުހިނގާނެ އޭގެ އަޑީގައި ފޮރުވިފައިވާ އެޖެންޑާއެއް ނެތިއެއް.

  2. ވ ގޯސްޕޮލިހެންތަ އޭނަގޮވީމާވެސް އަޅާނުލާ އެހާލަށްއޭނަދޫކޮންލާފަދިޔައީ އިންސާނިޔަތުކަންއެއްކިބާގައޮއްވަ.ތިމާގެވާޖިބުވެސްތިމާއަށްނޭގުނުމީހަކު ވަޒީފާގަބަހަށްޓާކަންވެސްނުވާނެ ޕޮލިހުންގެވެރިޔާބުނެފަވެސްެއޮތީ ކުންކުރާހާމީހަކަންެަދަބުދޭކަންނުޖެހޭނެޔޭ

  3. އަލީ

    ނަފްސާނީ ބަލިން މި ގައުމު ސަލާމަތް ކުރަށްވާށި!

  4. އިއްބެ

    މޮޔައެކޭކިޔާފައި އަވަހައްޕޮލިހުންއޭނާދޫކޮށްލާ

  5. ޮޖމޮހޮރު

    މީހަކު މަރައިފިއްޔާ އެއީ މޮޔައެއް ދީނަށް ފުރައްސާރަ ކޮށްފިއްޔާ އެއީ މޮޔައެއް މިސްކިތުގެ ޙުރުމަތްކެނޑީމަ މޮޔައެއް ޚަތިމަށް ގޮރުހެނޑީމަ މޮޔައެއް ބަލަ މޮޔައިންނަކީ އެއްވެސް ގައުމެއްގަ މުޖުތަމަޢުއަށް ދޫވެފަ ތިބޭ ބައެއްނޫނޭ.!

  6. އަދުރޭ

    ގުރައިދޫގާ ހުންނަކޮއްޓަކީ އެކަހަލަ މީހުން ބައިތިއްބުމައް ހަދާފާވާ ތަނެއް އެތަނައް ލައްވ ާ