ޚަބަރު އިޖުތިމާޢީ

ޓެކްސީތަކުގައި ކެމެރާ ހަރުކުރުން ލާޒިމްކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ފޮޓޯ: ސަން

ޓެކްސީތަކުގައި ޑޭޝް ކެމެރާ ހަރުކުރުން ލާޒިމްކޮށް ޓެކްސީގެ ގަވާއިދަށް ބަދަލު ގެނެސްފިއެވެ.

Ads by Sosun Fihaara

އިއްޔެ ގެޒެޓް ކުރި ގަވާއިދުގައި ބުނެފައިވަނީ ޓެކްސީތަކުގައި ޑޭޝް ކެމެރާ ހަރުކޮށް، ޓެކްސީ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ
ވަގުތެއްގައި އެ ކެމެރާއިން ރިކޯޑުކޮށްފައި ހުންނަންވާނެ ކަމަށެވެ. އަދި މި ގޮތަށް ކޮށްފައިވާ ރިކޯޑިންގތައް، އެންމެ މަދުވެގެން 7 ދުވަހުގެ މުއްދަތަށް ބަހައްޓަންވާނެ ކަމަށެވެ.

މި ގަވާއިދަށް އަމަލު ކުރާން ފަށާނީ އިއްޔެއިން ފެށިގެން ހަމަސް ހަމަވާ ދުވަހުން ފެށިގެންނެވެ.

މި ގަވާއިދުގައިވާ ގޮތުން ޓެކްސީގެ ޚިދުމަތް ދިނުމަށް އަގު ނަގަންވާނީ މިނިސްޓްރީން ކަނޑައަޅައި ޢާންމުކުރާ އަދަދުތަކަށްވުރެ ބޮޑުނުވާ ގޮތަށެވެ. އަދި ޓެކްސީގެ ޚިދުމަތް ލިބިގަންނަ ފަސިންޖަރުން، އަތުން ހިފައިގެން ހުންނަ އަތްދަބަހާއި ކޮތަޅުފަދަ ތަކެއްޗަށް އިތުރު އަގެއް ނަގައިގެން ނުވާނެ ކަމަށެވެ. އަދި ޓެކްސީ ޚިދުމަތް ދިނުމުގެ އަގުތަކާއި ތަފުސީލު، ފަސިންޖަރުންނަށް ފެންނާނޭހެން ހަރުކޮށްފައި ހުންނަންޖެހޭނެ ކަމަށެވެ.

އޭގެ އިތުުރުން ބަލިމީހުންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި، ޖިސްމާނީ އުނިކަން އިޙުސާސް ކުރަން ޖެހިފައިވާ މީހުން ޓެކްސީއަށް އަރައި ފޭބުމުގައްޔާއި މިފަދަ މީހުން ބޭނުންކުރާ ފުރޮޅުލީ ގޮނޑިއާއި ލަގެޖް ޓެކްސީއަށް އަރުވައި
ބާލައިދިނުމުގައި އެހީތެރިވާންޖެހޭނެއެވެ. އަދި މިފަދަ މީހުން ބޭނުންކުރާ ފުރޮޅުލީ ގޮނޑި ފަދަ ތަކެއްޗަށް އިތުރު އަގެއް ނެގުމަކީ މަނާކަމެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!