Monday, 2 November 2026
Advertisement
Ooredoo — Airfibre (leaderboard)
އިޖުތިމާޢީ

މީޑިއާ ކައުންސިލުގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވައިލި އިއުލާނު ބާތިލުކޮށްފި

މީޑިއާ ކައުންސިލުގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވައިލި އިއުލާނު ބާތިލުކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރުކަމަށް ކުރިމަތިލުމަށް ހޯމް މިނިސްޓްރީން ކުރި އިއުލާނު ބާތިލުކޮށްފިއެވެ.

މީޑިއާ ކައުންސިލުގައި ތިބި މެންބަރުންގެ ދައުރު އަންނަ ޑިސެމްބަރުގެ 14 އަށް ހަމަވާތީ, މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލީ މިދިޔަ ހޯމަދުވަހުއެވެ.

ނަމަވެސް ހޯމް މިނިސްޓްރީން މިއަދު ބުނީ އެ އިއުލާނު މިހާރު ބާތިލުކޮށްފައިވާ ކަމަށެވެ. ނަމަވެސް ބާތިލުކުރީ ކީއްވެކަމެއް ހާމަކޮށްފައެއް ނުވެއެވެ.

Advertisement
Ooredoo — Square (box)

މީޑިއާ ކައުންސިލު އެކުލެވިގެންވަނީ މީޑިއާ ތަމްސީލުކުރާ ހަތް މެންބަރުންނާއި, ޢާންމު ހަ މެންބަރުންގެ މައްޗަށެވެ. ޢާންމު މެންބަރުންގެ ގޮތުގައި ބަލަނީ މީޑިއާ އާ ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ ފަރާތްތަކެވެ.

މީޑިއާ ކައުންސިލުގެެ މެންބަރުންގެ މުއްދަތަކީ މީލާދީ ގޮތުން ދެ އަހަރެވެ. އެއްވެސް ފަަރާތަކަށް ވިދިވިދިގެން ދެ ދައުރެއް އަދާނުކުރެވޭނެއެވެ.

 

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް