Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ނޮޅިވަރަންފަރުގައި ގޭސް ލީކުވެ ދެމައިން ވަރަށް ބޮޑަށް ފިހިއްޖެ

ނޮޅިވަރަންފަރުގައި ގޭސް ލީކުވެ ދެމައިން ވަރަށް ބޮޑަށް ފިހިއްޖެ

ހދ. ނޮޅިވަރަންފަރުގައި މިއަދު ހެނދުނު, ގޭސް ލީކްވެގެން ހިނގި އަލިފާނުގެ ހާދިސާއެއްގައި އަންހެނަކާއި އޭނާގެ 2 އަހަރުގެ ދަރިފުޅު ވަރަށް ބޮޑަށް ފިހިއްޖެއެވެ.

ގޭސް ލިކްވެ ހިނގި ހާދިސާގައިގެ އެ ދެ މައިންގެ ހަށިގަނޑު ބައެެއް ތަންތަން ފިހިގެން އެންމެ ފުރަތަމަ ގެންދިޔައީ ރަށު ސިއްހީ މަރުކަޒަށެވެ. ނަމަވެސް އެ މީހުންނަށް މިހާރު ފަރުވާދެމުން އަންނަނީ ކުޅުދުއްފުށީ ހޮސްޕިޓަލްގައެވެ.

މި ހާދިސާ ހިނގީ ގޭސް ލީކްވެފައި ވަނިކޮށް އުނދުން ރޯކުރުމާ ގުޅިގެން ކަމަށް އެރަށުން މައުލޫމާތު ތިން ފަރާތަކުން ބުނެއެވެ.

Advertisement
Ooredoo — Square (box)

ފަހަކަށް އައިސް ގޭސް ލީކްވުމުގެ ހާދިސާތައް ދަނީ ގިނަވަމުންނެވެ. މި މަހުގެ 18 ވަނަ ދުވަހު ގދ. ރަތަފަންދޫގެ ގެއެއްގައި ގޭސްފުޅިއެއް ގޮވައި ފިހުނު އަންހެނަކު ވަނީ މަރުވެފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް