ޚަބަރު އިޖުތިމާޢީ

އޮރިޔާން ވީޑިއޯ ޢާންމުކުރި ޔާޔާ ހައްދުންނައްޓައިފި, ފުލުހުންނާ ވާކަމެއް ވެސް ނޫން

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޔާޔާގެ އެފްބީ ޕޯސްޓެއް. މީ އަދި ކުޑަވަރެއް.

މީގެ ކުރިން އޮރިޔާން ވީޑިއޯއެއް ޢާންމުކުރި މުޙައްމަދު ނަބީލް (ޔާޔާ) އަނެއްކާ ވެސް ބަރަހަނާވެ މީސްމީޑިއާގެ މަންސަތަކުގައި އަންހެން ހެދުން އަޅައިގެން ފޮޓޯތަކާއި ވީޑިއޯތައް ޢާންމުކުރަން ފަށައިފިއެވެ.

Ads by STELCO

މީގެ ކުރިން ހައްޔަރުކުރި ގ.ކަމަރާގޭ ޢުމުރުން 36 އަހަރުގެ ނަބީލް ހިމޭނުން ހުރުމަށްފަހު, އަނެއްކާ ވެސް އަންހެން ހެދުން އަޅައިގެން ފޮޓޯތަކާއި ވީޑިއޯތައް ޢާންމުކުރަން ފެށިތާ މަހެއްހައި ދުވަސްވަނީ ވެފައެވެ. އޭނާ ބުނާ ގޮތުން އޭނާ އުޅެންވާ ގޮތެއް އެހެން މީހުންނަކަށް ނޭނގޭނެއެވެ.

މީގެ ދުވަސްކޮޅެއް ކުރިން ނޫސްވެރިޔާ ޝަފްރާޒް އަޙްމަދު ވަނީ ނަބީލްގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައެވެ. ނަމަވެސް މިހާތަނަށް ވެސް ފުލުހުން އެކަމާ އަޅައެއް ނުލައެވެ. އަދި އެންމެ ކުޑަމިނުން ފުލުހުން ޢާންމުކޮށް ބުނާހެން, ''އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާތީ ބަލަންޖެހޭ ކަންކަން ބަލަމުންދާ'' ކަމަށް ވެސް ނުބުނެއެވެ.

މީގެ ކުރިން ވެސް ނަބީލްވަނީ އަންހެން ހެދުން އަޅައިގެން ޓިކްޓޮކް ވީޑިއޯ އުފައްދައިފައެވެ. އަދި އޭނާ ވަނީ އޮރިޔާން ވީޑިއޯ ވެސް ޢާންމުކޮށްފައެވެ. އެ މައްސަލައިގައި އޭނާ ހައްޔަރު ވެސް ކުރިއެވެ.

އޭރު އޭނާ ކޯޓުގައި ބުނެފައިވާ ގޮތުން މީޑިއާގައި ޢާންމުވެފައިވާ އޮރިޔާން ވީޑިއޯއަކީ އޭނާ ހެދި ވީޑިއޯއެއްނޫނެވެ. އަދި އެ ވީޑިއޯއިން ފެންނަނީ އޭނާ ނޫން ކަމަށާއި, އެ ވީޑިއޯއަކީ އޭނާ ބޭޒާރުކުރަންވެގެން އޭނާގެ މޫނު އެޑިޓުކޮށްގެން ހަދާފައިވާ ވީޑިއޯއެއް ކަމަށް އޭނާ ކޯޓުގައި ބުނެފައިވެއެވެ.

މުޙައްމަދު ނަބީލް (ޔާޔާ)

މި ސަރުކާރު އައިފަހުން ދީނަށް ފުރައްސާރަކުރާ މީހުންނަށް ފިޔަވަޅެއް ނާޅައެވެ. އަދި އިސްލާމްދީނުގައި ފިރިހެނުން އަންހެން ހެދުން އަޅައިގެން އުޅުމާއި އަންހެނުން ފިރިހެން ހެދުން އަޅައިގެން އުޅުމަކީ ރަސޫލާ ނަހީކުރައްވާފައިވާ ކަމަކަށްވާއިރު އެފަދަ ކަމަކަށް ވެސް ފިޔަވަޅެއް ނާޅައެވެ. މީގެ އިތުރުން ލިވާތާއި ސިހާޤު ޢާންމުވެފައިވާއިރު އެއިން މީހަކަށް ވެސް ފިޔަވަޅެއް އަޅާކަށް ހެޔޮ ނިޔަތެއް ވެސް ނެތެވެ. ނުވިތާކަށް ދީނަށް ފުރައްސާރަކޮށް ރިޕޯޓުތައް ނެރުނު މީހުން ތިބީ ސަރުކާރުގެ އިސް މަޤާމުތަކަށް ލައިފައެވެ.

Ads by Ooredoo
  1. ގަމާރު

    އަޅޭ މިސަރުކާރު މިހާރު މިއޮތީ ފޭލިވެފާ ނުކުޅެދިފާ މިވަރުގެ ސުންޕާ ބަޔަކު އިސްލާމީ ގަުމެއްގެ ވެރިކަމަށް އަރުވައިގެން ތިބެން ވެދާނެތަ! މާތްވެގެން އިސްލާމްދީން މަނާކޮފާވާ ހުރިހާ ފާހިޝްކަމެއް މިގައުމުގާ ކުރަމުންދާއިރުވެސް ހަމަ ތައްބައްދާއިގެން ލޮލަށް ނުފެންނަ ކަމަށް ކަންފަތަށްނުއިވެޔކަމަށް ހެދިގެން ގައުމުގެ ވަލިއްޔުލްއަމުރު ކަމަށްނެރިފާހުރީ ތަސއްރަފު ނުފުދޭ ބާލިޢު ނުވާ މީހެއްތޯ؟
    އެއްމެން ވެގެން އަޚުލާގު ރަނގަޅު މަޑުމައިތިރި މިވަރެއްނެތްކަމަށް ބުނާ ވެރިމީހާ ގައުމު ޢައިރުދީނަށް ވައްޓާލަން އުޅޭބަޔަކާ އެއްވެސް ގގޮތަކަށް އިސްލާމްދީނުގެ ހުކުމްފުޅު ތަކުގެ މަތީން އިސްލާމީ ގާނޫނުގެ ޝަރީއަތެއް ތަހުގީގެއް ނުކޮށް ގަމާރެއްކަމަށްހެދިގެން ހުރުމަކީ ރިވެތިއަޚުލާގުގެ ވެރިއަކު ފަހަރެއްގާވެސް ކުރާނެ ކަމެއް ނޫން، މިހާރު ތީ މުސްލިމުގަމެއްގެ ވެރިއަކަށް ކުފޫ ހަމަވާ މީހެއްނޫން ރައިއްޔަތުން ނުކުމެ އަޒުލު ކުރަންޖެހޭ ހާލަށް ގައުމު ވައްޓާ ނުލާ! މާތްﷲ ގަންދީކުރި ހުވަޔާމެދު ބިރުވެތިވެ ރައީސްކަމުން އިސްތިއުފާދީ،!!!

  2. ސަންފަ

    މިސަރުކާރުން ކުރުވާ ކަންތައް އެއީ އަރްނުލާ އައްދޮ ކިޔުއްވާހެން ސަރުކާރުން އެފަދަ ކަންތަކާ އަޅާ ނުލީމަ އެކަން ކުރާބަޔަކު ދާނީ ކުރަމުން މުޖުތަމަޢުގަ އާއްމު ކަމަކަށް ވާނީ. ދެން އެހެންމީހުންވެސް އަޅައެއް ނުލާނެ. ޣިރިއަށް އުރުނުކަންވެސް ހަމަށް ކުރިން ފުލުހުންނަށް އޮތީ އެނގިފަ. އެކަން ކުރި ވަޔަކަށް އަދަބެއް ދޭކަށް ބޭނުމެއް ނުވި ވެރިމީހާވެސް. އަނބިމީހާގެ އާއިލާ މީހަކަށްވާތީ

  3. މަރުވީމަ އެނގޭނެ ހުރި ހިތިކަން…ހެޔޮވިސްނުން ދެއްވާށި…އާމީން!