ޚަބަރު އިޖުތިމާޢީ

ޔާޔާގެ މައްސަލަ: ފުލުހުން ދިނީ ''ސައިބޯނި ބޮތްކެއް'' ކަހަލަ ޖަވާބެއް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މުޙައްމަދު ނަބީލް. އޭނާ ދަނީ ބަރަހަނާ ފޮޓޯތައް ޢާންމުކުރަމުން. ސަރުކާރުން އެކަމަށް ތާއީދުކުރޭ

މީގެ ކުރިން އޮރިޔާން ވީޑިއޯއެއް ޢާންމުކުރި ގ.ކަމަރާގޭ ޢުމުރުން 36 އަހަރުގެ މުޙައްމަދު ނަބީލް (ޔާޔާ) މީސްމީޑިއާގެ މަންސަތަކުގައި ބަރަހަނާ ފޮޓޯތަކާއި ވީޑިއޯ ޢާންމުކުރަމުންދާ މައްސަލަ ސަމާލުކަމަށް އައިސްފައިވާތީ އެކަން ބަލަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

Ads by STELCO

ނަބީލް އަންހެން ހެދުން އަޅައިގެން ފޮޓޯތަކާއި ވީޑިއޯތައް ޢާންމުކުރަން ފެށިތާ މަހެއްހައި ދުވަސްވެފައިވާއިރު, މި މަހުގެ 10 ވަނަ ދުވަހު ނޫސްވެރިއަކު ވަނީ އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައެވެ. އެކަމާ ގުޅިގެން މިހާތަނަށް އައިއިރު އެޅީ ކޮން ފިޔަވަޅެއްތޯ ފުލުހުން ގާތު އެހުމުން ދިނީ އާދައިގެ މަތިން ދޭ ''ސައިބޯނި ބޮތްކެއް'' (ހަރުދަނާކަމެއް ނެތް) ކަހަލަ ޖަވާބެކެވެ.

ބުނީ ޢާންމު މިންގަނޑާ ޚިލާފު ފޮޓޯތަކެއް ޢާންމުކޮށްފައިވާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި ފިޔަވަޅު އެޅުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ.

ނަބީލް ޢާންމުކުރަމުންދާ ފޮޓޯތަކާއި ވީޑިއޯތަކާ ގުޅިގެން ގިނަ ބަޔަކު ނުރުހުންފާޅު ކުރަމުން އަންނައިރު, މީގެ ކުރިން ވެސް ނަބީލްވަނީ އަންހެން ހެދުން އަޅައިގެން ޓިކްޓޮކް ވީޑިއޯ އުފައްދައިފައެވެ. އަދި އޭނާ ވަނީ އޮރިޔާން ވީޑިއޯ ވެސް ޢާންމުކޮށްފައެވެ. އެ މައްސަލައިގައި އޭނާ ހައްޔަރު ވެސް ކުރިއެވެ.

އޭރު އޭނާ ކޯޓުގައި ބުނެފައިވާ ގޮތުން މީޑިއާގައި ޢާންމުވެފައިވާ އޮރިޔާން ވީޑިއޯއަކީ އޭނާ ހެދި ވީޑިއޯއެއްނޫނެވެ. އަދި އެ ވީޑިއޯއިން ފެންނަނީ އޭނާ ނޫން ކަމަށާއި, އެ ވީޑިއޯއަކީ އޭނާ ބޭޒާރުކުރަންވެގެން އޭނާގެ މޫނު އެޑިޓުކޮށްގެން ހަދާފައިވާ ވީޑިއޯއެއް ކަމަށް އޭނާ ކޯޓުގައި ބުނެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!