Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ވިއަވަތީގެ ދެވަނަ ކޮންފަރެންސް ލ.އަތޮޅުގައި ފަށަނީ

ވިއަވަތީގެ ދެވަނަ ކޮންފަރެންސް ލ.އަތޮޅުގައި ފަށަނީ
މި އަހަރުގެ 2 ވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ސެޕްޓެންބަރު 10 ން 12 އަށް ލ. ގަމުގައި ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ.
ވިއަވަތި ރާއްޖެ އަކީ އަލަށް އިންތިޚާބުކުރި ކައުންސިލްތަކާއި، އ.ތ.މ ކޮމިޓީތަކާއެކު ރައީސުލްޖުމްހޫރިއްޔާ ބާއްވަވަމުން ގެންދަވާ ސިލްސިލާ މަޝްވަރާ ބައްދަލުވުންތަކެކެވެ. މިގޮތުން މި ކޮންފަރެންސްގައި ބައިވެރިވާނީ ރާއްޖޭގެ ދެކުނުގެ އަތޮޅުތައް ކަމަށްވާ ދ، ތ، ލ، ގއ، ގދ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ މޭޔަރުނާއި އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ރައީސުންނާއި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސުންކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސް އޮފީހުން ބުނީ، މޭޔަރުންނާއި، ކައުންސިލްތަކުގެ ރައީސުންނާއި، އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސުންގެ އިތުރުން، ކެބިނެޓް މިނިސްޓަރުންނާއި، ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނާއި، ޓެކްނިކަލް މުވައްޒަފުން ހިމެނޭހެން 250 އަށްވުރެ ގިނަ ބައިވެރިން މިފަހަރުގެ ވިއަވަތި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. މިފަހަރުގެ ކޮންފަރެންސްގައި މަޝްވަރާކޮށް ހިޔާލުބަދަލުކުރުމަށް ހަމަޖެހިފައިވަނީ މައިގަނޑު 4 ދާއިރާއަކަށްކަމަށާއި، އެއީ، ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުން، ބިނާވެށި ޕްލޭން އެކުލަވާލުން، މިންތީގެ ހަމަހަމަކަން އަދި ވިލުންވެރި މުޖްތަމައުއެއް ބިނާކުރުންކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ. ކުރީ ފަހަރެކޭވެސް އެއްގޮތަށް މިފަހަރުވެސް ކޮންފަރެންސްގެ ބައިވެރިންނާއެކު ގުޅުންބަދަހިކުރުމުގެ ގޮތުން ސްޕޯޓްސް ފެސްޓިވަލްއެއް 10 ސެޕްޓެމްބަރ ވަނަ ދުވަހުގެ ހަވީރު، ލ. ގަމުގައި ބޭއްވުމަށްވަނީ ހަމަޖެހިފައިވާކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ. ވިއަވަތީގެ ފުރަތަމަ ކޮންފަރެންސް ބޭއްވީ ކްރޮސްރޯޑުގައެވެ. އެއީ ލާމަރުކަޒީ ޤާނުނަށް ގެނައި އިޞްލާހުތައް ތަސްދީޤްކުރުމަށެވެ. އޭގެ ދެވަނަ ކޮންފަރެންސް ބޭއްވީ މެދު ރާއްޖެތެރެއަށް ޚާއްޞަކޮށްގެން އއ.އުކުޅަހުގައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް