ޚަބަރު

ފަނޯއްލަ ދަރުބާރަކީ ނަތީޖާ ނެރޭ މަހާސިންތާއެއް: އަފްޝަން

މުޙައްމަދު އަރީޙް ، ދެން އޮންލައިން

(ލ. ފޮނަދޫ) ލޯކަލް ގަވަރުމަންޓް އޮތޯރިޓީއާއި އިންޓަރނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓާއި ޔޫ.އެސް.އެއިޑް ގުޅިގެން ސިލްސިލާކޮށް ކުރިޔަށް ގެންދާ ފަނޯއްލަ ދަރުބާރަކީ ނަތީޖާ ނެރޭ މަހާސިންތާއެއް ކަމަށް އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރ ފާޠިމަތު އަފްޝަން ލަތީފް ވިދާޅުވެއްޖެއެވެ.

Ads by MWSC

މިއަދު ހެނދުނު ގަމުގައި ފެށުނު ފަނޯއްލަ ދަރުބާރުގެ ހަތަރު ވަނަ މަހާސިންތާ ފެށުމުގެ ކުރިން "ދެން"އަށް ވިދާޅުވީ، އޮންލައިންކޮށް ދެ ފަހަރެއްގެ މަތިން މި މަހާސިންތާ ބޭއްވުނު ނަމަވެސް އެންމެން އެއްތަނެއްގައި ތިބެ މިފަދަ މަޝްވަރާއެއް ކުރުމަކީ އަބަދުވެސް ކުރި އުންމީދެއް ކަމަށެވެ.

"ދަތުރުފަތުކުރުގެ ދަތިތައް އޭރު ހުރުމުގެ ސަބަބުން، އަޅުގަނޑުމެން އޮންލައިންކޮށް ބޭއްވި ކަމަށްވީ ނަމަވެސް އަޅުގަނޑުމެން ގަސްދުކުރީ ވީހާވެސް އަވަހަށް ފިޒިކަލްކޮށް އެންމެން އެއްތަނެއްގައި ތިބިގެން ވާހަކަ ދެއްކުން އެއީ މުހިންމު ކަމެއް ކަމަށްވާތީ މިގޮތަށް ރޭވިގެން ފަނޯއްލަ ދަރުބާރު ބޭއްވުމަށް" ޝައުޝަން ވިދާޅުވިއެވެ.

ފަނޯއްލަ ދަރުބާރު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އަފްޝަން ވާހަކަފުޅު ދައްކަވަނީ.. ދެން އިމޭޖްސް

ފުރަތަމަ ދެ ފަހަރު ފަނޯއްލަ ދަރުބާރު އޮންލައިންކޮށް ބޭއްވި ނަމަވެސް، އެންމެފަހުން މި މަހާސިންތާ ބާއްވާފައިވަނީ އުކުޅަހުގައެވެ. އެއީ މެދުރާއްޖެތެރޭގެ އަތޮޅުތަކުގެ ކައުންސިލްތަކަށް އަމާޒުކޮށްގެނެވެ.

މި ފަނޯއްލަ ދަރުބާރުން ވަރަށް މުހިންމު ނަތީޖާތަކެއް ހާސިލްވި ކަމަށް އަޅުގަނޑު ޤަބޫލު ކުރަން. އެގޮތުން ކައުންސިލްތަކުން ފާހަގަ ކުރެއްވި އެބޭފުޅުންގެ އިޝޫއަށް އެ ބޭފުޅުން ހުށަހެޅުއްވި ސޮލިއުޝަންތައް، އަޅުގަނޑުމެން ވިޔަވަތި ކޮންފަރެންސަށް ގެންދެވުނު. އަދި ވަރަށް ފުޅާކޮށް އެ ކޮންފަރެންސްގައި މަޝްވަރާ ކުރެއްވުމަށްފަހު، ކައުންސިލްތަކުގެ އަޑު ސީދާ އިވިގެން ދިއުމުން ސަރުކާރުގެ އިދާރާތަކަށް ވަރަށް ބޮޑަށް ފަސޭހަވެގެންދޭ ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށާއި ސިޔާސަތުތައް ބައްޓަން ކުރުމަށް

އަފްޝަން އިތުރަށް ވިދާޅުވީ، ފާއިތުވި މޭ މަހު އުކުޅަހުގައި ބޭއްވި ދަރުބާރުގައި ހުށަހެޅުނު ގޮތަށް ކައުންސިލްތަކުގެ ބަޖެޓު އެކުލަވާލުމަށް ބޭނުންކުރާ ފިސްކަލް ފޯމިއުލާ މުރާޖާ ކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށާއި އެއީ އެ ދަރުބާރުގެ ތެރެއިން ހުށަހެޅުނު ކަމެއް ކަމެއް ކަމަށެވެ. އަދި މި ކޮންފަރެންސުން ވެސް ކައުންސިލްތަކުގެ ގޮންޖެހުންތަކުގެ އަޑުއަހާ، ސިޔާސަތުތައް ބައްޓަން ކުރުމުގައި ކައުންސިލް ތަކުގެ އަޑު އިވިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުިވއެވެ.

Ads by Allied Insurance
  1. ނާޅި

    ނަންނަމުގައި ސުރުހީ އެޅުން، ތިޔަ ލާމަރުކަޒު އަކީ 1932 ގައި މިރާއްޖޭގައި އޮތް ނިޒާމް އެގޮތް ކަމު ނުގޮސްގެން ރިޔާސީ ޖުމުހޫރީ ނިޒާމް ގެނައީ ރިޔާސީ ޔުނިޓަރީ ދައުލަތް ހިންގަން ނޭގިގެން ފެޑަރަލް ސިސްޓަމް މަސްހުނިކުރަން ތިޔައުޅެނީ !