ޚަބަރު އިޖުތިމާޢީ

އިންޑިއާގެ އެހީގައި ތަމްރީނުކުރާ ސިވިލް ސާވަންޓުންގެ ޢަދަދު 504

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ފޮޓޯ: އިންޑިއާ ހައިކޮޮމިޝަން

އިންޑިއާ ސަރުކާރުގެ އެހީގައި ތަމްރީނުކުރާ ސިވިލް ސާވަންޓުންގެ ޢަދަދު 504 އަރާފައިވާ ކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެފިއެވެ.

Ads by Sosun Fihaara

ދިވެހި ސަރުކާރާ ގުޅިގެން މީހުން ބިނާކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކޮށް, އިންޑިއާ ހައިކޮމިޝަނުން ބުނީ
އެންމެ ފަހުން ފޮނުވަން ނިންމި ބެޗާއެކުގައި އިންޑިއާ ސަރުކާރުން ހިންގާ ތަމްރީން ޕްރޮގްރާމުގައި ބައިވެރިވާ ސިވިލް ސާވަންޓުންގެ ޢަދަދު 504 އަށް އަރާކަމަށެވެ.

މި މަހުގެ 12 އިން 23 އަށް އޮންނަ ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށް 37 ސިވިލް ސާވަންޓުން ފުރާނެކަމަށް ހައިކޮމިޝަނުން ބުންޏެވެ.

ޕްރޮގްރާމް އިން ފީލްޑް އެޑްމިނިސްޓްރޭޝަން ފޯ ސިވިލް ސާވަންޓްސް އޮފް މޯލްޑިވްސް'' ގެ ނަމުގައި އިންޑިއާގެ ނެޝަނަލް ސެންޓަރ ފޯ ގުޑް ގަވަނަންސް (އެންސީޖީޖީ) އިން އިންތިޒާމުކުރާ މި ތަމްރީން ޕްރޮގްރާމަކީ ދިވެހި ސިވިލް ސާވަންޓުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ގޮތުން ސިވިލް ސަރވިސް ކޮމިޝަނުން ކުރަމުން އަންނަ މަސައްކަތުގެތެރެއިން 2019 ވަނަ އަހަރު އެންސީޖީޖީއާއެކު ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން ހިންގާ ޕްރޮގްރާމުތަކެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!