ޚަބަރު

ދެކުނުން މަސްތުވާތަކެތީގެ ހާލަތު އެންމެ ގޯހީ އައްޑޫގައި: ބޭނުން ކުރާ 933 މީހުން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރާއްޖޭގެ އެންމެ ދެކުނަށް އޮންނަ ހަތް އަތޮޅުގެ ތެރެއިން މަސްތުވާތަކެތި އެންމެ ގިނައިން ބޭނުންކޮށް އުޅެނީ، އެ ސަރަހައްދުގެ އެންމެ ބިޔަ އާބާދީ ކަމުގައިވާ އައްޑު އަތޮޅުގައި ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

Ads by Hajj Corporation

މިހާރު ލ. ގަމުގައި ކުރިޔަށްދާ ވިއަވަތި ކޮންފަރެންސްގައި ފުލުހުންވަނީ ދެކުނުގެ އަތޮޅުތަކުގެ މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ ހާލަތާއި ގުޅޭ ގޮތުން، ކޮންފަރެންސްގެ ބައިވެރިންނަށް މައުލޫމާތު ފޯރުކޮށްދީފައެވެ. އަދި އެކަމާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ އަދާހަމަ ވެސް ވަނީ ހިއްސާކޮށްފައެވެ.

ފުލުހުން ހިއްސާކުރި މައުލޫމާތު ތަކަށް ބަލާއިރު، އައްޑޫ ސިޓީގައި މަސްތުވާތަކެތި ބޭނުން ކުރާ 933 މީހަކު އެބަތިއްބެވެ. އަދި އެތަކެތި ވިއްކާ ވިޔަފާރި ކުރުމުގައި 403 މީހަކު ހަރަކާތްތެރިވާއިރު، މަސްތުވާތަކެއްޗާ ގުޅުން ހުރި 1112 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. އެ އަތޮޅުގައި މަސްތުވާތަކެތި ބޭނުންކުރާ އެންމެ ގިނަ މީހުންނަކީ 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންނެވެ. 50 އަހަރުން މަތީގެ 106 މީހަކު ވެސް ބޭނުން ކުރެއެވެ.

ދެން މަސްތުވާތަކެތި ބޭނުން ކުރާ ފަރާތްތައް އެންމެ ގިނައީ ފުވައްމުލަށް. އެއަތޮޅުގައި 422 މީހަކު މަސްތުވާތަކެތި ބޭނުން ކުރާއިރު، 202 މީހަކު އެތަކެތި ޓްރެފިކް ކުރުމުގައި އުޅެއެވެ. ގދ. އަތޮޅުގައި މަސްތުވާތަކެތި ބޭނުންކުރަނީ 415 ފަރާތެކެވެ. ގއ ގައި މިނަންބަރު ހުރީ 246 ގައެވެ. ލ އަތޮޅުގައި މަސްތުވާތަކެތި ބޭނުންކުރާ 266 މީހުން ތިބިއިރު، ތ އަތޮޅުގައި 218 މީހަކު އެބަ ތިއްބެވެ. ދ ގައި ތިބީ އެ ބޭނުން ކުރާ 46 މީހުންނެވެ.

އާއްމުކޮށް މަސްތުވާތަކެތީގެ ގޮތުގައި ބޭނުންކޮށްފައިވަނީ ކެނަބިސް، ހެރޮއިން، ކޮކެއިން، މެތް، ބަނގުރާ އަދި ބޭސްއެވެ.

Ads by Ooredoo
  1. އޭބީ

    ކެނަބިސް، ހެރޮއިން، ކޮކެއިން، މެތް، ބަނގުރާ މީ ދިވރހި ރާއްޖޭގެ ނރޗްރަލް ރިސޯސްއެއްތަ ކިހިނެއްތަ ލިބެނީ. ސަރުކާރައް ކޮންޓްރޯލް ނުވަންޔާ ކަސްޓަމްސް، ޕޮލިސް، ކޯސްޓް ގާޑް އުވާލާފަ މިކަންކަމައްދާ ހަރަދުވރސް ކާލަބަލަ ހރޔޮނުވާނެ.