ޚަބަރު އިޖުތިމާޢީ

ދެކުނުގެ އަތޮޅުތަކުގައި 31 ގޭންގް, 100 އަށްވުރެ ގިނަ ކުޑަކުދިން ހިމެނޭ: ފުލުހުން

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ދެކުނުގެ ހަތް އަތޮޅެއްގައި އެކަނި ވެސް 31 ގޭންގު ހަރަކާތްތެރިވާ ކަމަށް ފުލުހުން ބުނެފިއެވެ.

Ads by STELCO

ލ.ގަމުގައި ކުރިއަށްދާ ވިޔަވަތި ރާއްޖެ ކޮންފަރެންސްގައި ފުލުހުން ބުނީ ދެކުނުގައި އެކަނި ވެސް 31 ގޭންގް ހަރަކާތްތެރިވާ ކަމަށެވެ. އަދި އޭގެތެރެއިން 20 ގޭންގަކީ މިހާރު ވެސް ކުށްތަކަށް އަރައިގަންނަ ގޭންގްތައް ކަމަށެވެ.

ގޭންގްތަކުގެ ތަފްސީލް:

އައްޑޫ ސިޓީ: 13 ގޭންގް.
ފުވައްމުލަކު ސިޓީ: 08 ގޭންގް.
ގދ.ތިނަދޫ: 2 ގޭންގް.
ގއ.ވިލިނގިލި: 1 ގޭންގް.
ތ.ތިމަރަފުށި: 2 ގޭންގް.
ލ.ގަން: 5 ގޭންގް

ފުލުހުން ބުނީ އެ ގޭންގުތަކުގައި 700 ގޭންގްސްޓާރުން އުޅޭކަމަށެވެ. އަދި އެ ގޭންގުތަކާ ގުޅިގެން 100 އަށްވުރެ ގިނަ ކުޑަކުދިން އުޅޭކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!