ނާޒިމް ކުށަށް ތައުބާވެ ރައްޔިތުންގެ ކިބައިން މާފަށް އެދިއްޖެ

އެއް ޖިންސުން ޖިންސީ ގުޅުން ހިންގި މައްސަލައިގައި ތައުބާވެފައިވާ ކަމަށް ބުނެ, ގ.ކެނެރީގޭ ނާޒިމް ޢަބްދުއްސައްތާރު ރައްޔިތުންގެ ކިބައިން މާފަށް އެދިއްޖެއެވެ.
ބަންގްލަދޭޝްގެ އަލަމްގީރާއެކު އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ނާޒިމްގެ މައްޗަށް ދައުލަތުން އުފުލީ އެއް ޖިންސުން ޖިންސީ ގުޅުން ހިންގިކަމުގެ ކުށުގެ ދަޢުވާއެވެ. އެ ދަޢުވާއަށް ނާޒިމް ވަނީ އިޢުތިރާފުވެފައެވެ.
އެ މައްސަލައިގައި ނާޒިމަށް ޙުކުމް ކުރުން އޮތީ މިއަދު 16:30 ގައެވެ.
މީޑިއާއަށް މިއަދު ފޮނުއްވި ބަޔާނެއްގައި ނާޒިމް ބުނީ ކުރި ކުށާމެދު ހިތާމަކޮށް ތައުބާވާ ކަމަށެވެ. އަދި ކުށަށް އިއުތިރާފުވީ އެކަމުގައި އޭނާއަކީ ކުށްވެރިއަކަށްވުމުގެ އިތުރަށް އެކަމުގައި އޭނާ ބްލެކްމެއިލްކޮށް ފައިސާ އަތުލަން އުޅުމުގެ ސަބަބުން އަނިޔާ ލިބުނު މީހަކަށްވާ ހާލުގައި ކަމަށެވެ.
ނާޒިމް ބުނީ ކުށަށް އިއުތިރާފުވީ ރާއްޖެއިން ބޭރަށް ގޮސް ފިލަން ބޭނުންނުވާތީއާއި, އަދަބާ ކުރިމަތިލާން ބޭނުންވާތީ ކަމަށެވެ. އަދި އޭނާ ބޭނުންވަނީ ކުށަށް ތައުބާވެ, ރައްޔިތުންގެ ކިބައިން މާފަށް އެދެން ކަމަށެވެ.







ކޮމެންޓް